ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އައްޑޫއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
02 Nov 2023 | 18:34
ރައީސް ޔާމީންގެ ޖަލްސާތަކުގައި ލީޑަރޝިޕްގެ ބޭފުޅުންނަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބުތައް ހާމަކުރައްވައިފި!

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރ ޔާމިން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން މި ފަހުން ބޭއްވުނު ޕާޓީގެ ބައްދަލުވުންތަކުގައި ޕީޕީއެމް/ޕީއެންސީގެ އިސް ލީޑަރުންނަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބުތައް ހާމަކޮށްދެއްވައިފިއެވެ. 

އާރަށް މައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަން ޖަލުގައި އެތަކެއް މަސް ދުވަހު ހުންނެވުމަށްފަހު، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިލެއްވުމަށް ގޭބަންދަށް ބަދަލު ކުރެއްވުމަށްފަހު، ގޭ ބަންދު ރަށު ބަންދަށް ބަދަލު ކުރެއްވުމާއިއެކު އެމަނިކުފާނު ބައިވެރިވެ ވަޑައިގެން ބައްދަލުވުމަކާއި، ޖަގަހަ ޖަލްސާއެއް ވެސް ވަނީ ބާއްވާފައެވެ. 

ނަމަވެސް އެއިން އެއްވެސް ބައްދަލުވުމެއްގެ ތެރެއިން ޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުން ފެނިފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ލީޑަރޝިޕް ބޭފުޅުންގެ މެދުގައި އޮތް ގުޅުމާއި މެދު ސުވާލު އުފެދިފައެވެ. 

ރައީސް ޔާމީން ރަށު ބަންދަށް ބަދަލު ކުރުމަށްފަހު ބޭއްވި ފުރަތަަމަ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް

އަދި އެކަން ފާހަގަކޮށް، މިއަދު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އައްޑޫއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައީސް ޔާމީން ފުރަތަމަ ބޭއްވި ބައްދަލުވުމަކީ ވަރަށް ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. 

އަދި އެ ބައްދަލުވުން ކުރިއަށް ދިޔައިރު، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ތިބީ ހޮޓެލް ޖެންގައި އޮތް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ބޭއްވި ޖަލްސާގައި ކަމަށާ، އެ ހަފްލާ ނިމުނު އިރު، ރައީސް ޔާމީންގެ ބައްދަލުވުންވެސް ނިމިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެެވެ. 

"ހޮޓެލް ޖެންގެ ބައްދަލުވުން އަޅުގަނޑުމެން ނިންމާލީ 11:15 ކަންހާއިރު. އޭރު ރައީސް ޔާމީން ގެއަށް ވަޑައިގަންނަވައިފި. އެރޭ ކަންދިމާވި ގޮތަކީ، އިންތިޚާބީ ރައީސްގެ އިވެންޓަކީ މާ ދުރާލާ ރޭވިފައި އޮތް އިވެންޓެއް. އެ އިވެންޓަށް އަޅުގަނޑުމެން އޮތީ މާ ކުރިން ލީޑަރޝިޕަށް ދައުވަތު ދީފައި. އެހެންވީމާ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ޖެންގައި އަޅުގަނޑުމެން ތިބީ. ޖެން އަށް ވަޑައިނުގަންނަވަނީ ޠާރިގު. ޠާރިގު ވަޑައިގެންނެވީ ޕާޓީ އޮފީހަށް." 

އަބްދުއްރަހީމް އަބްދުالله 

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ބޭއްވި ޖަލްސާގައި ޑރ މުޢިއްޒު ވާހަކަދައްކަވަނީ؛ ރައީސް ޔާމީންގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ދިޔައިރު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ތިއްބެވީ މަަސީގެ ޖަލްސާގައި

"ޖެހިގެން އައި ރެއަކީ އިންތިޚާބީ ރައީސް ސިންގަޕޫރަށް ވަޑައިގަންނަންވެފައި އޮތް ރޭ. އެރޭ އަޅުގަނޑުމެން ތިބީ އިންތިޚާބީ ރައީސް ފުރުއްވަން އެއާޕޯޓް ގައި. އޭގެ ކުރިން ޝިޔާމް ވަޑައިގެންނެވި އެތަނަށް. (ރައީސް ޔާމީންގެ ޖަގަހަ ޖަލްސާ އަށް) އެތަނަށް ވަޑައިގެންފައި، ޖަލްސާގައިވެސް ވަޑައިގެންފައި، ރައީސް (ޔާމީން) އަށް ދަންނަވާފައި، އެއާޕޯޓް އަށް ވަޑައިގެންނެވީ." އަދުރޭ ވިދާޅުވިއެެވެ . 

އަދުރޭ ވިދާޅުވީ، ދެ ޖަލްސާގައިވެސް ބައިވެރި ނުވެވުނީ އެއްގޮތަކަށްވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓެއްގައި ބައިވެރި ނުވުމުގެ މަގުސަދެއްގައި ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުޢިއްޒަށް ކާމިޔާބު ކޮށްދެއްވުމަށް ވެސް އެންމެގިނައިން ދެކެވުނު ވާހަކައަކީ މުޢިއްޒު އަކީ ޔާމީން އެންޑޯޒް ކުރެއްވި ކެންޑިޑޭޓް ކަމަށާ، މުޢިއްޒު ނުކުންނަވައި ހުންނެވީ ޔާމީން ގެނެސްދެއްވި ތަރައްގީ ރާއްޖެއަށް ގެނެސްދިނުމުގެ ވާހަކަ ކަމަށެވެ. 

"އަޅުގަނޑުމެންގެ ދެ ޕާޓީގެވެސް ސިޔާސަތަކީ އެއް ސިޔާސަތެއް. އެއް ފިކުރެއް އަޅުގަނޑުމެން ދެ ޕާޓީގެވެސް މި އޮންނަނީ." އަދުރޭ ވިދާޅުވިއެެވެ. 

ކޮމެންޓް
މުހަންމަދު
ތިވާހަކައިގެ ދޮގު ތެދުއަދި ދުވަސް ކޮޅެއް ފަހުން އެގޭނެ.....
03 Nov 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.