އަބްދުއްރަހީމް ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
04 Nov 2023 | 11:54
ޕީޕީއެމް-ޕީއެންސީ ރޫޅައެއް ނުލެވޭނެ، ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި: އަބްދުއްރަހީމް

ޕީޕީއެމް-ޕީއެންސީއަކީ އެކަތިގަނޑެއްގެ ގޮތުގައި އޮތް ދެ ޕާޓީ ކަމަށާއި، ޕާޓީ ބައިބައިކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން ބައިވެރިވެވަޑައިގެން ރޭ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމަށްޓަކައި ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުން ވަރަށް ގިނަގުނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. 

އެހެން ނަމަވެސް އެފަދައިން ކުރެވޭ މަސައްކަތްތައް ކާމިޔާބު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، ޕީޕީއެމް ޕީއެންސީ އޮންނާނީ ބަދަހިކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ދެ ޕަޓީ ބައިބައި ކުރުމުގެ މަސައްކަތަކީ އެއްވެސް ބަޔަކަށް އިރާދަކުރެއްވިޔާ ކާމިޔާބު ކުރެވޭނެ މަސައްކަތެއް ނޫން. އެ ފުރުސަތެއް އެއްވެސް ފަރާތަކަށް އަޅުގަނޑުމެންނެއް ނުދޭނަން"

އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވަނީ މި ސަރުކާރުން ކެނޑިނޭޅި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ދެމުން ގެންދާ އަނިޔާތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ވޯޓުން މި ސަރުކާރު ބަލިކުރުމާއި ހަމަޔަށް ސަރުކާރުން ކެނޑިނޭޅި ރައީސް ޔާމިނަށް އަނިޔާކުރަމުން ގޮސްފައިވާ ކަމަށެވެ. 

މި ސަރުކާރުގައި ބޭއްވުނު ކޮންމެ އިންތިޚާބަކާއި ދިމާކޮށް ރައީސް ޔާމީން ޖަލުގައި ބަންދުކުރަމުން އައިސްފައިވާ ކަމަށާއި، އެމަނިކުފާނަށް ސިޔާސީ މަސައްކަތް ނުކުރެވޭގޮތަށް ބަންދުކުރަމުން ގެންގޮސްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އޭނާ ވަނީ ރައީސް ޔާމިނުގެ އިސްތިއުނާފު އަވަސްކޮށް، އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
އިސްތިއުފާ
އަދުރޭ ޕީޕީއެމް އިން އިސްތިއުފާ އަދުރޭ ޕީޕީއެމް އިން އިސްތިއުފާ އަދުރޭ ޕީޕީއެމް އިން އިސްތިއުފާ އަދުރޭ ޕީޕީއެމް އިން އިސްތިއުފާ އަދުރޭ ޕީޕީއެމް އިން އިސްތިއުފާ އަދުރޭ ޕީޕީއެމް އިން އިސްތިއުފާ އަދުރޭ ޕީޕީއެމް އިން އިސްތިއުފާ
04 Nov 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.