އިދިކޮޅު ޕީއެންސީގެ ރައީސް އަދުރޭ ފޮޓޯ: ސަން އޮންލައިން
ހަބަރު
04 Nov 2023 | 22:32
ވެރިކަން ލިބުނު ކަމުގައި ވިޔަސް ކުރިޔަށް އޮތީ ފަސޭހަ ދުވަސްވަރެއް ނޫން: އަބްދުރަހީމް

އިންތިޚާބު ކާމިޔާބު ވުމާއިއެކު ޕީޕީއެމް އަދި ޕީއެންސީއިން ފެށި ދަތުރު ނިމުނީ ނޫންކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ޕީޕީއެމް ޕީއެންސީއިން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 
އަދުރޭގެ މި ވާހަކަފުޅުގައި އެބޭފުޅާ ވަނީ ޕީޕީއެމް ޕީއެންސީއަށް ކުރިމަތިވާ އެންމެހާ ކަމެއްގައި ހިތްވަރާއިއެކު ތިބި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

"އެ ބޭފުޅުން ދެއްކެވި ހިތްވަރުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ ދަތުރު އަޅުގަނޑުމެން ގަސްތު ކުރި މިސްރާބުން ކައްސާ ނުލައި ކުރިއަށް ގެންދެވުނުކަން.އޭގެ ނަތީޖާއަކީ މިދެންނެވި އަމާޒަށް އަޅުގަނޑުމެން ފެށި ދަތުރުގައި  މިއަދު ހަމަޖެހުމާއި އެކީގައި އަޅުގަނޑުމެންނަށް ހިމޭން ކަމުގެ އަލި ވުން."

އަދުރޭ ވިދާޅުވިއެވެ.

މިހާ ހިސާބަށް އާދެވުނު އިރު ނުހަނު އުނދަގޫ ހާލަތްތަކާއި ކުރިމަތި ލާން ޖެހުނު ކަމަށާއި، ކުރިއަށް ދިއުމަށް ނުހަނު ބޮޑެތި ގޮންޖެހުން ތަކާއި ކުރިމަތި ލާންޖެހުނު ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކޮށް ވެރިކަން ލިބުނު ކަމުގައި ވިޔަސް ކުރިޔަށް އޮތީ ފަސޭހަ ދުވަސްވަރެއް ނޫންކަމަށާއި، ދެންވެސް އޮތީ އުނދަގޫ ކަމަށް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް މި ދުވަސްތައް ފަސޭހަ ދުވަސްތަކަކަށް ބަދަލު ކުރުމުގެ އިޚްތިޔާރު އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެގޮތަށް ކަންކުރެވޭނީ ރައްޔިތުން ހޮއްވެވި ސަރުކާރުގެ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހެއް ހޮއްވެވުންކަމަށް އަދުރޭ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބު ކުރާ ކޮންމެ ބޭފުޅަކަށް ވެސް ގޮނޑި ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޕީޕީއެމް ޕީއެންސީއިން ކޮށްދޭނެ ކަމުގެ ޔަގީންކަން އަދުރޭ މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަނީ ދެއްވާފައެވެ.

ޕީޕީއެމް ޕީއެންސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންގެންދާ މި ދަތުރަކީ މިއަހަރުގެ ރިޔާސީ އިންތިޚާބު ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ކުރައްވާ ދަތުރުތަކެކެވެ.

ކޮމެންޓް
ފަޔާ
ޔާމީންގެ އުދަގުލާއި ބަރުލަމާނީ ބޭގެ އުދަގޫ ބޮޑުވާނީ
05 Nov 2023
ފަސޭހަ
ޓިބޭފުޅާ ތިޔައީ ހުރިހާވެސް ނުބަޔަކީ. ޢަމިއްލަ އެދުމައް ފުރިފަ. 1500 ޑޮލަރުގެ އާނުދުނި ކޮބާ.
06 Nov 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.