ޤާސިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Nov 2023 | 14:17
ނަޝީދު ވަކިކުރާ ޖަލްސާގެ ރިޔާސަތުގައި އީވާ އިނދެގެން ނުވާނެ: ޤާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށައަޅާ ޖަލްސާގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުالله އިނދެގެން ނުވާނެކަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށައަޅާފައިވާ ގަރާރު އެޖެންޑާކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ނައިބު ރައީސް އީވާ ވަޑައިގަތުމާއެކު އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާ އީވާ ރިޔާސަތުގައި އިނދެގެން ނުވާނެކަމަށް ބުނެ އަޑުގަދަކުރަން ފަށާފައެވެ. 

އީވާ ރިޔާސަތުން ފައިބާވަޑައިގަތުމަށްފަހު އެހެން ބޭފުޅަކާއި، އެ މަސްއޫލިއްޔަތު ހަވާލުކުރައްވާ ނަޝީދު ވަކިކުރާ ގަރާރު ހުށައެޅުމަށް އެމްޑީޕީ މެމްބަރުން ގޮވާލަމުން ދިޔައިރު، ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ނަޝީދު ވަކިކުރަން ހުށައެޅި ގަރާރު ބޭރުކޮށްލާފައިވާކަން ފާހަގަކޮށް، ޖަލްސާއަށް ބަޖެޓު ހުށައެޅުމަށް ގޮވާލައްވާފަ އެވެ. 

މެމްބަރުން އަޑުގަދަކުރަމުން ދިޔަ ވަގުތު ރިޔާސަތުން ވަނީ ނިޒާމީ ނުކުތާތަކަށް އެކި ފުރުސަތުތައް ވެސް ދެއްވާފައެވެ. 

މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭވަރަށް މަޖިލީސް ހޫނުވެފައިވަނިކޮށް، ޤާސިމް ވަނީ ނިޒާމީ ނިކުތާއެއް ނަންގަވާ، އީވާއާއި އެކަމަނާ މިހާރު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

އެގޮތުން ޤާސިމް ވިދާޅުވީ ރިޔާސަތުގައި އިންނަވައިގެން އީވާ އިސްކުރައްވަމުންދަނީ އަމިއްލަ މަސްލަހަތުކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގ ދެއްވުމުގެ ބަދަލުގައި އީވާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަޖިލީހުގެ ނިޒާމު ނަގާލުމުގެ ފުރުސަތު ދެއްވައިގެން އީވާ އިންނަވާކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އިނގެންނުވާނެ ކަމަށެވެ. އަދި އެ ފުރުސަތު އެހެން ފަރާތަކަށް ދިނުމަށްފަހު، މަޖިލީސް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވުމަށް ޤާސިމް ގޮވާލެއްވި އެވެ. 

"މަޖިލީހުގެ ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ނެގުމަށް ފުރުސަތު ނުދެއްވާ ޑިމޮކެރެޓްސް ޕާޓީގެ މީހުން މިތަނަށް ނިކުމެ މަޖިލީހުގައި ހަޅުތާލުކޮށްގެން، މުޅި ސިސްޓަމް ނަގާލާ، ރައްޔިތުންގެ މަސްލަހަތަަށާއި، އަޚުލާގަށް ބޮޑެތި ނިކަމެތިކަމާއި ދުއްތުރާ ލިބޭގޮތަށް ކަންތައް ތަރުތީބުވެގެންދާއިރު، މަޖިލީހުގެ ރިޔާސަތުގއި އިންނަވައިގެން... މަޖިލީހުގެ ނައިބު ރައީސަށް ގާނޫނުގައި ވާ ގޮތުން ނުވެސް ގެންދެވޭނެ.. އެއީ ކަނޑައެޅިގެން ކަމަނާއާއި މަސްލަހަތު ފުށޫއަރާކަމެއް.. ކަމަނާއަކަށް ނުބެހެއްޓެވޭނެ މި މައްސަލައިގެ ރިޔާސަތެއް.. އަވަހަށް ތި ތަނުން ފައިބާ ވަޑައިގަންނަވާ"

މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި އޮތީ ބަޖެޓު ހުށައެޅުމަށް ތާވަލުކޮށްފަ އެވެ. 

އެހެން ނަމަވެސް ކޯރަމް ހަމަނުވާތީ، ބަޖެޓު ހުށައެޅިފައި ނުވާއިރު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށައަޅާ އެ މައްސަލަ ވެސް ކުރިއަށް ގެންދެވޭގޮތް ވެފައެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމު ގެއްލި މެމްބަރުންގެ ކޯޅުން ވަނީ ބޮޑުވެގެން ގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.