އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
20 Nov 2023 | 12:36
ހަމަލާ ހުއްޓާލަން ރާއްޖޭގެ މަޖިލީހުން ގޮވާލާ އަޑު ދުނިޔެއަށް އިއްވަން ޖެހޭ: އީވާ

ފަލަސްތީނަށް އިޒްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ގޮވާލާ އަޑު މުޅި ދުނިޔެއަށް އިއްވަން ޖެހޭކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.

އިޒްރާއިލްގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާ ނުލާހާ ހިނދަކު އިޒްރާއިލުގެ އުފެއްދުންތައް ރާއްޖެ އެތެރެ ނުކުރުމަށާއި، އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް ވާހަކަދައްކަވަން ފައްޓަވަމުން އީވާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ހަމަލާތަކާއި އަނިޔާތައް ސިފަކޮށްދޭނެ ބަހެއް އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދެމުންދާ ލާ އިންސާނީ އަނިޔާތަކަކީ، ދުލުން ސިފަކުރަން ދަތި އަދި އަމުދުން ވެސް އެ މަންޒަރުތަށް ބަލަން ކުޅަދާނަ ނުވާ ވަރުގެ އަނިޔާތަކެއް ކަމަށާއި، އެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަކީ ފަރުދީ ގޮތުން މިއަދު ދިވެހި ކޮންމެ ރައްޔިތަކުމެ ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

އީވާ ވިދާޅުވީ ދިވެހިރާއްޖެ އަކީ މީސްކޮޅު މަދު ކުޑަ އިޤްތިޞާދެއްކަމަށް ބަލައި، ފަލަސްތީނުގެ ހައްގުގައި ބަސް ނުބުނާ ބަޔަކަށް ވެގެން ތިބެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ދިވެހީންގެ ފެންވަރުން، އަދި ގައުމެއްގެ ގޮތުގައި ފަލަސްތީނުގައި ހިންގަމުން އެ ދާ ގަތުލުއާންމާއި ދެކޮޅަށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދާ ބަލާ ރާވާ ތަންފީޒު ކުރަން ޖެހޭނެކަމަށް އީވާ ވިދާޅުވި އެވެ. 

އެގޮތުން އީވާ ވަނީ އިޒްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ހަރު އަޑުން ގޮވާލާ، އެ އަޑު ދުނިޔެއަށް އިއްވުމަށް އެދިވަޑައިގެންފަ އެވެ. 

"މިހާރު އެ ހިނގަނީ ޖީލުތަކަށް.. ދަރިފަސްކޮޅެއް ނައްތާލުމަށްޓަކައި އިޒްރާއިލުން ކުރަމުންދާ ކަމެއް. ސީޒް ފަޔާ މިހާރުން މިހާރަށް ގޮވާލުމަށް މި ޕާލަމެންޓުގެ އަޑު އެބަ ދާން ޖެހޭ"

މެމްބަރު އީވާ އަބްދުالله 

އީވާ ވިދާޅުވީ ފަލަސްތީނުގައި ހިންގަމުން އެދާ ގަތުލު އާންމަކީ ނަސްތެއް ނައްތާލުމުގެ ޖަރީމާ ކަމަށެވެ. ހަނގުރާމައިގެ ނަމުގައި ކުޑަ ކުދިން މަރާ ހުސްކުރުމަކީ އޮޅިގެން ކުރެވޭ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުވެގެން ދަނީ ހަނގުރާމައިގެ ޔަހޫދީންނާއި ހަމާސްއާއި ދެމެދު ކުރެވޭ ހަނގުރާމައިގައި ފިތިގެން ކަމަށް ބެލުމުގެ ފުރުސަތެއް ވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން އީވާގެ ވާހަކައިގައި ވަނީ ރަޝިޔާއިން ޔޫކުރެއިންއަށް ދިން ހަމަލާ ކުށްވެރިކޮށް ދުނިޔޭގެ ގައުމުތަކުން އަޑުއުފުލަމުން ދިޔައިރު، އިޒްރާއިލުން ފަލަސްތީނަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާއި ދެކޮޅަށް ބަސް ބުނަން އެ ގައުމުތަކަށް ނުކެރުނުކަން ފާހަގަކުރައްވާފަ އެވެ.

އެއާއެކު އީވާ ވިދާޅުވީ މި ކަންކަމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވެސް ޚިޔާލު ފާޅުކުރުން މުހިންމު ކަމަށެވެ. އަދި ކުރިމަތިވާ ތަފާތު ފިއްތުންތަކާއި އެކުވެސް ފަލަސްތީނުގެ އަޑު ކެނޑުނަ ނުދިނުމަށް، ތަކުރާރުކޮށް އެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް އަޑުއުފުލުމަކީ ފަރުދީގޮތުން ކޮންމެ މީހަކު ކުރަން ޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.