ޕީއެންސީގެ އޮފީސް-- ފޮޓޯ/ވޮއިސް
ހަބަރު
21 Nov 2023 | 14:06
ޕީޕީއެމް އޮފީހުން ނުކުމެ، ޕީއެންސީން ވަކި އޮފީހެއްގައި މަސައްކަތް ކުރަން ފަށައިފި!

ޕީޕީއެމާއި އެކު، އެއް އޮފީހެއްގައި މަސައްކަތް ކުރަމުންއައި، ވެރިކަންކުރާ ޕީއެންސީން ވަކި އޮފީހެއް ގާއިމްކޮށް ޕީޕީއެމާ ވަކި އިދާރާއެއްގައި މަސައްކަތް ފަށައިފި އެވެ. 

ޕީޕީއެމާއި ވަކިން ޕީއެންސީން އެހެން އޮފީހެއްގައި މަސައްކަތް ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. ޕީއެންސީގެ އެ އޮފީސް އިމާރާތް ހުންނަނީ ބޮޑުތަކުރުފާނުގެ މަގުން ކާނިވަލުގެ "ދޮންމަނިކު ސްކައިވިއު" ގެ ތިރީގައި ހުންނަ އިމާރާތުގައެވެ. އެތަނުގައި ޕީއެންސީގެ ނަން ބޯޑު ހަރުކޮށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުاللهގެ ބައްދަލުވުމެއްވެސް ކުރިޔަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. 

ޕީއެންސީގެ އޮފީހުގެ ގޮތުގައި ހަމަޖައްސާފައިވާ ތަނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގައި ބޭނުން ކުރި ތަނެކެވެ. 

މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ބަހެއް އަދި މިހާތަނަށް ލިބޭގޮތް ވަނީ ނުވެފައެވެ. 

ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެޕާޓީން ވަކިވެ، ޕީއެންސީއާއި ގުޅިވަޑައިގެން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީވެސް ޕީއެންސީގެ ޓިކެޓްގައެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ތެރެއިން މުޢިއްޒުގެ ކެންޕެއިންގެ ކަންކަން ކޮށްފައިވަނީ ޕީޕީއެމްގެ އޮފީހުގައި ކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.