ޢަރަބިއްޔާ މިހާރު ހިންގަމުންދާ ކުރީގެ ދަރުމަވަންތަ ވަގުތީ ޢިމާރާތް. ފޮޓޯ: ޢަރަބިއްޔާގެ މުދައްރިސެއް
ހަބަރު
22 Nov 2023 | 08:21
ޢަރަބިއްޔާގެ އައު އިމާރާތް އަޅާނެ ބިން ކަނޑައަޅައި ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމައިފި

ރާއްޖޭގައި ހުންނަ ޢަރަބި އިސްލާމީ މަދަރުސާ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައި ޢިމާރާތް ބިން ކަނޑައަޅައި އެޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމަށް ސަރުކާރުން ކަނޑައަޅައިފައިވަނީ ކުރިން މާލޭ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. މި ސަރުކާރުގެ ‘ހަފުތާ 14’ގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޢަރަބިއްޔާ ސްކޫލް ހިންގުމަށް ބޭނުންވާނެ ޒަމާނީ ފެންވަރުގެ ޢިމާރާތެއް އަޅައި ދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ‘ދިވެހީންގެރާއްޖެ’ މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ.

އަދި އެމަނިކުފާނުގެ ވެރިކަން ފެށުމާއި އެކު ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެއްޓެވުމަކީވެސް އެމަނިކުފާނު ވަޢުދުވެޑައިގެންފައިވާ ކަމެކެވެ.

ޢަރަބިއްޔާ ސްކޫލް ހިންގުމަށް އެކަށީގެންވާ ޢިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލް އެކަށީގެންވާ ޢިމާރާތެއް ނެތުމުގެ ސަބަބުން އެސްކޫލްގައި ކިޔަވާ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ޖިސްމާނީ ތަރުބިއްޔަތަށް ހިންގަން ޖެހޭ ހަރަކާތްތައް ނުހިންގި އެތައް ދަތިތަކެއް ކުރިމަތިވަމުން ދެއެވެ.

ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ޗާންދަނީ މަގުގައި އަޅައި އެތަން ބޭނުންކުރަން ފެށިތާ 7 އަހަރު ނުވަނިސް އެޢިމާރާތުގައި ރެނދުލައި ޢިމާރާތް ބޭނުންނުކުރެވޭ ޙާލަތައް ދިޔުމުން ޢަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަގުތީ ގޮތުން ބަދަލު ކުރީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތަށެވެ.

އެޢިމާރާތުގައި ޢަރަބިއްޔާގެ ދަރިވަރުންނާއި މުދައްރިސުންނާއި މުވައްޒަފުން ވަނީ ވަރަށް ދަތި ދުވަސްތަކެއް ދެކެފައެވެ.

އެޢިމާރާތުގެ ދަތިކަމާއި އެކު ޢަރަބިއްޔާގެ ބެލެނިވެރިންގެ ޝަކުވާތައް ގިނަވެ މި ހިނގަމުންދާ ދިރާސީ އަހަރު ފެށެންވާއިރަށް ޢަރަބިއްޔާ ސްކޫލް ވަނީ ދަރުމަވަންތަ ސްކޫލް ކުރިން ހިންގި ވަގުތީ ޢިމާރާތައް ބަދަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.