މުހައްމަދު މަލީހު ޖަމާލް
ހަބަރު
22 Nov 2023 | 14:34
ފިނޑިންގެ ކުރިމަތީ ބޯތިރިކޮށް، އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނަން: މަލީޙް

ޕާޓީގެ މަސްލަޙަތު ނަގާލައި "ވަޒީފާގެ ބިރަށް ސިޓީގައި ސޮއިކުރާ ފިނޑިން" ކުރިމަތީ ބޯތިރި ނުކުރާނެކަމުގައި، ޕީޕީއެމްގެ މަސްލަހަތު ނަގާލައި ޕާޓީ ބަދުނާމުވާ ފަދަ އަމަލުތަކެއް ކުރި ކަމުގެ ތުހުމަތުގައި މިއަދު ސަސްޕެންޑް ކުރި މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ. 

 ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައިގެން އެ ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ތުޙުމަތުކޮށް މަލީޙް އެޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާކަން އަންގައި މިއަދު އެ ބޭފުޅާއަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ. 

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމުގައިވާ އަހްމަދު ޝިޔާމް އަދި މުހައްމަދު ޣައްސާން މައުމޫން ސޮއި ކުރައްވައި ފޮނުވި މި ސިޓީގައިވަނީ، ޕީޕީއެމް ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީޙު އިސްކޮށް ހުންނަވައިގެން ކުރައްވާކަމަށާއި، އެގޮތުން ޕާޓީގެ ލީޑަރޝިޕަށް ނުވަތަ ޕާޓީގެ ސެނެޓަށް އެނގުމެއްނެތި، މަލީޙް އަމިއްލަފުޅަށް ކޮމިޓީތައް އުފައްދަވާފައިވާކަމަށެވެ.

އަދި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ޕާޓީގެ ލީޑަރޝިޕް އަދި ސެނެޓުގެ އެއްވެސް މަޝްވަރާއެއްނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސްއެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސްގައި ޕާޓީގެ އަސާސްތަކާއި ޚިލާފަށް ޕާޓީ ބަދުނާމުކޮށްފައިވާކަމަށްވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެކަމާއި ގުޅިގެން މިއަދު މަލީހު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެކަމަށެވެ. 

ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ. ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަޙަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ދޮއިކުރާ ފިނޑިން ކުރިމަތީ ބޯތިރި ނުކުރާނަން. މިއީ އަދި ވަކަރަށް ޖަހާލުމެއް

މުހައްމަދު މަލީހް ޖަމާލް 

ޕީޕީއެމްއިން މަލީޙް އަށް ފޮނުވި ސިޓީގައި ބަޔާންކުރާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސްގެ އެދުމުގެ މަތިން ޚާއްސަ ކޮމެޓީއެއް އުފެއްދި ކަމަށް މަލީޙްވަނީ ހާމަ ކުރައްވާފައެވެ. އަދި ޕީޕީއެމްގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހީނާ ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ