ޖުމްހޫރީ ޕާޓީން ބޭއްވި ކޮންފަރެންސް ގެ ތެރެއިން--ފޮޓޯ: ވޮއިސް
ހަބަރު
22 Nov 2023 | 22:36
ހުސްވެފައިވާ 18 މަގާމަށް ކުރިމަތިލާން ޖޭޕީން ހުޅުވާލައިފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމާއި އެކު އިތުރު 18 މަގާމަކަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލައިފިއެވެ.

ޖޭޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބަށް ނަން ހުށައެޅުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޖޭޕީން ކުރިމަތި ލުމަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ޑެޕިއުޓީ ލީޑަރު، އަންހެނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ރައީސް، ޕާޓީގެ ގައުމީ ކޮންފަރެންސް އިންތިހާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ 8 މެމްބަރުންގެ މަގާމް، ކޮމިޓީ އޮފް އެޑިއުކޭޝަންގެ ޗެއާ، ކޮމިޓީ އޮފް ހެލްތުގެ ޗެއާ، ކޮމިޓި އޮފް ޑިފެންސްގެ ޗެއާ، ކެމްޕެއިން އެންޑް އިލެކްޝަންސްގެ ޗެއާ، ކޮމިޓީ އޮފް ސޯޝަލް މީޑިއާގެ ޗެއާ، ކޮމިޓީ ފޯ ޑަޔަސްޕޯރާ - އިންޑިއާގެ ޗެއާ، ޕާޓީގެ ގައުމީ ކޮންފަރެންސް އިންތިހާބުކުރާ 25 މެމްބަރުންގެ ތެރެއިން، ހުސްވެފައިވާ މަގާމަށް 155 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އިންތިހާބުކޮށްފައިވާ މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް 1 މެންބަރު ގެ މަގާމް ހިމެނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީގައި ހިމެނޭ އާންމު މެންބަރުންގެ އިތުރުން ޕާޓީގެ ބައެއް އިސް ލީޑަރުންވެސް ދަނީ ޖޭޕީ ދޫކޮށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅެމުންނެވެ.

ޖޭޕީން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ވާދަ ކޮށްފައެވެ. ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނުކުންނަވާ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ޕާޓީއަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.