ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ވޮއިސް
ހަބަރު
23 Nov 2023 | 21:55
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި!

ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ޔާމީން ޕީޕީއެމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގެންނެވީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް ޖަމީލް ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފަ އެވެ. 

އަދި މީގެ އިތުރުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަކީ ސަރުކާރަށް މުހިންމު ކަމަކަށްވާއިރު، އެކަމާއި ގުޅިގެންވެސް، ޕާޓީގެ ލީޑަރޝިޕާއި، އަދި ސަރުކާރުގެ އިސް ބޭފުޅުން އެމަނިކުފާނުގެ ޚިޔާލާއި މަޝްވަރާ ނުހޯއްދަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

ރައީސް ޔާމީން ޕާޓީން އިސްތިއުފާ ދެއްވާފައިމިވަނީ، ޕީޕީއެމާއި ޕީއެންސީގެ ބައެއް މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، އެމަނިކުފާނުގެ އެންގެވުމަށް ކަމަށްބުނެ، ޕީޕީއެމްގެ ބައެއް މެންބަރުން ވަކި ކޮމިޓީއެއް އުފައްދަވައި ނޫސްވެރިންގެ ބައްދަލު ވުމެއް ބޭއްވި ފަހުން މައްސަލަ ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން އުފެއްދެވި ކަމަށްބުނާ ކޮމިޓީން ދެއްވި އެ ނޫސްވެރިންގެ ބައްދަލުވުމައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރަށް ފާޑުކިޔާފައިވާއިރު، އެ މައްސަލާގައި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލް ވަނީ މިއަދުގެ ވަގުތެއްގައި ޕީޕީއެމުން ވަކިވެސް ކޮށްފައެވެ.

ޔާމިންގެ ވަކިވުމާއި އެކު ޕީޕީއެމަށް ވެގެންދާނެ ގޮތަކާއިމެދު ސުވާލު އުފެދިފައިވާއިރު، އެމަނިކުފާނު އަމިއްލަ އައު ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަންވެސް ޑރ. ޖަމީލް ވަނީ މިރޭ އިއުލާން ކުރައްވާފައެވެ. 

ކޮމެންޓް
ރަހުމާ
ޕީޕީއެމް ރައީސްމައުމޫނާހަވާލުކުރުމަކީ ޔާމިނަށްވާޖިބުކަމެއް. އެއީ ސީދާ ރައީސްމައުމޫނުއުފެއްދެއްވިޕާޓީއެއް. ޔާމިނާބޭހޭވެސްޕާޓީއެއްނޫން ޔާމިނުހުރީ ރައީސްމައުމޫނުގެ ހައްގަށްއަރާފަ
23 Nov 2023
ޅޮލް
ޅޮލް
23 Nov 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.