ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ ވޮއިސް
ހަބަރު
23 Nov 2023 | 22:29
ރައީސް ޔާމީން އައު ޕާޓީއެއް އުފައްދަވަން ނިންމަވައިފި!

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ. 

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވިމަން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ކަށަވަރު ކޮށްދެއްވާފައިވާފައެވެ. 

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމާއިއެކު، ޕީޕޯއެމްގެ ލީޑަރޝިޕްގެ ބޭފުޅުން، ސަރުކާރުގެ މަގާމްތަކަށް ވަޑައިގެން، އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެން، ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުން ދާތީއެވެ. 

އަދި މީގެ އިތުރުން، ރައީސް މުޢިއްޒުގެ ކެންޕެއިންގެ ތެރެއިން ރައީސް ޔާމީންގެ ފިކުރު ދިރުއްވާނެ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ދައްކަވާފައި ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރައީސް ޔާމީން ގުޅުއްވުމުންވެސް ރައީސް މުޢިއްޒު ފޯނު ނުނަންގަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

މިއާއެކު، ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ ތަރައްގީގެ ފިކުރު ކުރިއެރުވުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ވިސްނުން ހުންނެވީ އައު ޕާޓީއެއް އުފެއްދެވުމަށް ކަމަށެވެ. 

"ޕީޕީއެމްގެ ލީޑަރޝިޕްގެ އަމަލުތަކާއި، އެބޭފުޅުން ޢަމަލު ކުރައްވަމުން ގެންދަވާ ގޮތާއި، އަދި އެބޭފުޅުން އެމަނިކުފާނުގެ މަޝްވަރާ ހޯއްދަވަން ބޭނުން ނުވާތީއާ، އެމަނިކުފާނުގެ ޚިޔާލުވެސް އެބޭފުޅުން ބޭނުން ނުވާތީއާ، މިކަންތައްތައް މިހެން އޮތުމުން، މިރޭ ރައީސް ޔާމީން ނިންމަވާފައި މިވަނީ ޕީޕީއެމް ދޫކުރައްވަން. އަދި ހަމައެހެންމެ، އެމަނިކުފާނު މިހާރު ވަނީ ނިންމަފާައި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު، އަދި އެމަނިކުފާނުގެ ސިޔާސީ ފިކުރު، ސިޔާސީ ވިސްނުން، ކުރިއަށް ގެންދިޔުމަށްޓަކައި އެމަނިކުފާނު ވަނީ ނިންމަވާފައި ސިޔާސީ ޕާޓީއެއްވެސް އުފައްދަވަން"  

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލްގެ ބަސްދީގަތުމުގައި އޭނާވަނީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށްވީ ނަމަވެސް އެމަނިކުފާނާއި ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ޔާމީނަށް ވަރަށްބޮޑަށް ބޭވަފާތެރި ވެފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.