މުހައްމަދު މަލީހް ޖަމާލް--ފޮޓޯ/މިހާރު
ހަބަރު
23 Nov 2023 | 22:47
މަލީހު ޕީޕީއެމުން ވަކިކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓަރ މުހައްމަދު މަލީހް ޖަމާލް ޕާޓީއިން ވަކިކޮށްފިއެވެ.

ޕާޓީގެ މެމްބަރު ކަމުން ވަކިކުރިކަން އަންގައި ޕީޕީއެމުން މަލީހަށް ފޮނުވި ސިޓީގައި ވަނީ ޕާޓީގެ ސެނެޓަރެއްގެ މަގާމުގައި ހުރެ މަލީހް ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައި ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަން ޕާޓީގެ ލީޑާޝިޕަށް ފާހަގަ ކުރެވި، ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު ސަސްޕެންޑް ކުރި މައްސަލަ ސުލޫކީ ކޮމެޓިއަށް ހުށައެޅުމުން މަލީހް ޕާޓީއިން ވަކިކުރުމަށް އެ ކޮމިޓީން ނިންމާފައިވާކަމަށެވެ.

މި ސިޓީގައި ޕީޕީއެމްގެ ދެ ނައިބު ރައީސުންކަމަށްވާ މިނިސްޓަރު އަހްމަދު ޝިޔާމާއި، މިނިސްޓަރު ޣައްސާން މައުމޫނު ވަނީ ސޮއިކުރައްވާފައެވެ.

ޕާޓީން މަލީހް ވަކިކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، 2023 ގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ޕާޓީގެ ލީޑާޝިޕަށާއި އޮފީހަށް ނާންގައި، މަޝްވަރާކުރުމަކާއި ނުލައި މަލީހް އިސްވެވަޑައިގެން ހުންނަވައިގެން އަމިއްލަފުޅަށް ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުން ހިމެނެއެވެ. އަދި ޕާޓީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ވާހަކަތަކެއް ދައްކަވައި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ވާހަކަތައް ދައްކަވާތީ ޕާޓީގެ މަސްލަހަތު އިސްކޮށް ސުލޫކީ ކޮމެޓީން މަލީހް ވަކިކުރުމަށް ނިންމީ ކަމުގައިވެސް ޕީޕީއެމުން މަލީހަށް ފޮނުވި ސިޓީގައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ސުލޫކީ ކޮމެޓީއަށް ދެ ފަހަރެއްގެ މަތީން ހާޒިރުވުމަށް މަލީހަށް އެންގި ނަމަވެސް އެ ބޭފުޅާ ހާޒިރުވެފައެއް ނުވެއެވެ.

މި ކަމާއި ގުޅޭގޮތުން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވަޑައިގަންނަވަނީ ގަދަ ހިފުމަކަށް ކަމަށެވެ.

"މިދަނީ ގަދަ ހިފުމަކަށް. ފުރާޅުން ޓިނު ނަގައި ކޮންކްރީޓް ސްލެބް އަކަށް ބަދަލުކޮށްފައި މިކަން ނިންމާނީ. ކަނެއްގެ އަތް ދަށު ވިޔަސް ބާ ޓިނު ގަނޑެއްގެ އަތްދަށު ނުވާތި" މަލީހް ގެ ޓްވީޓްގައި ވެއެވެ.

މީގެ ކުރިން ޕީޕީއެމުން މަލީހް ސަސްޕެންޑް ކުރުމުން މަލީހް ވަނީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށާއި، ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.