ރައީސް ޔާމީން ގޭބަންދަށް ބަދަކު ކުރެވުނު ދުވަހު-- ފޮޓޯ/ވޮއިސް
ހަބަރު
24 Nov 2023 | 14:16
ރައީސް ޔާމީންގެ އައު ޕާޓީ ރެޖިސްޓަރ ކުރަން އާދިއްތަ ދުވަހު ހުށަހަޅަނީ!

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީގެ ރެޖިސްޓަރ ކުރުމަށް އަންނަ އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ، އަދި މިހާރު ޔާމީނާއި އަރިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންގެ އައު ޕާޓީއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއަޕް ގުރޫޕަކަށް މަލީހު ކުރެއްވި މެސެޖެއްގައި އެމަނިކުފާނުގެ ޕާޓީ ރެޖިސްޓާ ކުރަން އާދިއްތަ ދުވަހު ހުށަހަޅާނެ ކަމަށް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި، ޕާޓީގެ ނަމާއި ޕާޓީގެ ލޯގޯ އެދުވަހު އިއުލާން ކުރައްވާނެ ކަމަށް މަލީހު ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި، ޕާޓީގެ ލޯގޯ ރައީސް ޔާމީން ފައިނަލް ކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

ރޭގެ ވަގުތެއްގައި ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އިއުލާން ކުރެއްވީ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލެވެ. 

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމާއިއެކު، ޕީޕޯއެމްގެ ލީޑަރޝިޕްގެ ބޭފުޅުން، ސަރުކާރުގެ މަގާމްތަކަށް ވަޑައިގެން، އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެން، ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުން ދާތީއެވެ. އަދި ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވި ނިންމެވުމަކީ އެމަނިކުފާނަށް ފަސޭހަ ނިންމެވުމެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ. 

މީގެ އިތުރުން ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ ތަރައްގީގެ ފިކުރު ކުރިއެރުވުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ވިސްނުން ހުންނެވީ އައު ޕާޓީއެއް އުފެއްދެވުމަށް ކަމަށެވެ. 

"ޕީޕީއެމްގެ ލީޑަރޝިޕްގެ އަމަލުތަކާއި، އެބޭފުޅުން ޢަމަލު ކުރައްވަމުން ގެންދަވާ ގޮތާއި، އަދި އެބޭފުޅުން އެމަނިކުފާނުގެ މަޝްވަރާ ހޯއްދަވަން ބޭނުން ނުވާތީއާ، އެމަނިކުފާނުގެ ޚިޔާލުވެސް އެބޭފުޅުން ބޭނުން ނުވާތީއާ، މިކަންތައްތައް މިހެން އޮތުމުން، މިރޭ ރައީސް ޔާމީން ނިންމަވާފައި މިވަނީ ޕީޕީއެމް ދޫކުރައްވަން. އަދި ހަމައެހެންމެ، އެމަނިކުފާނު މިހާރު ވަނީ ނިންމަފާައި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު، އަދި އެމަނިކުފާނުގެ ސިޔާސީ ފިކުރު، ސިޔާސީ ވިސްނުން، ކުރިއަށް ގެންދިޔުމަށްޓަކައި އެމަނިކުފާނު ވަނީ ނިންމަވާފައި ސިޔާސީ ޕާޓީއެއްވެސް އުފައްދަވަން" ޖަމީލް ވިދާޅުވި އެވެ. 

ކޮމެންޓް
އަހްމަދު
ރައްޔިތުން ވުސްނަން ވެއްޖެ.
24 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.