މިނިސްޓަރު ތުޅާދޫ ސުކޫލް ދަރިވަރުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ/މިނިސްޓަރީ
ހަބަރު
24 Nov 2023 | 16:33
އަދަބީ މުބާރާތްތަކުގައި ބައިވެރިވާ ބައެއް ދަރިވަރުންނާއި މިނިސްޓަރު ނަސީރު ބައްދަލުކުރައްވައިފި

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ބާއްވާ އަދަބީ މުބާރާތްތަކުގައި ބައިވެރިވާ ބ.ތުޅާދޫ މަދަރުސާގެ ދަރިވަރުންގެ ބައެއް ފަރިތަކުރުންތައް ދިވެހި ބަހާއި ސަގާފަތާ ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްލަވައިލައްވައިފިއެވެ.

ތުޅާދޫ ކައުންސިލުގެ ދަޢުވަތަކަށް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށު މަދަރުސާގެ ބައެއް ދަރިވަރުންނާއި ބައްދަލު ކުރައްވައި މިނިސްޓަރ ވަނީ އަދަބީ ރޮގުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް މުހިންމު 4 ނަސޭހަތެއް ދެއްވާފައެވެ. 

އެއީ، އަޑުއެހުމާއި، ކިޔުމާއި، ލިޔުމާއި އަނގަބަހުން ބަޔާންކުރުމެވެ. އެގޮތުން ވަޒީރު ވަނީ ސިޔަރަތު ފަދަ އަދަަބީ އުފެއްދުންތައް އަޑުއެހުމަށާއި ގިނަ ލިޔުންތައް ކިޔުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. 

މީގެ އިތުރުން މިނިސްޓަރ ވަނީ އަދަބީ މުބާރާތްތައް އިންތިޒާމުކޮށް ބޭއްވުމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުޢްރަޙީމާއި އެކެޑަމީގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މިފަދަ މުބާރާތްތަކަށް ދަރިވަރުން ފަރިތަކޮށްދެއްވުމަށް މުދައްރިސުން ކޮށްދެއްވާ މަސައްކަތްތަކަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މިނިސްޓަރ ވަނީ އަދަބިއްޔަތާއި ޤައުމިއްޔަތުގެ ކަންކަން ދިރުވުމަށް އަވަސް ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރުގައި ވަރަށް އިސްކަން ދެވިފައިވާ ކަމެއްކަން ފާހަގަކުރައްވައި އެކަމުގެ ނަތީޖާ ފެންނަނިވި ގޮތަށް އެކަންކަން ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. 

‎

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.