ޕީއެންސީގެ ރައީސް އަދި ސްޕެޝަލް އެދްވައިޒަރ ޓު ދަ ޕްރެސިޑެންޓް ޢަބްދުރަޙީމް
ހަބަރު
25 Nov 2023 | 09:46
ޕީޕީއެމް/ޕީއެންސީ އަކީ “އެންމެ ފުރަތަމަ ޤައުމު” އިސްކުރާ ދެޕާޓީ: ޢަބްދުއްރަޚީމް

ޕީޕީއެމް އަދި ޕީއެންސީ އަކީ “އެންމެ ފުރަތަމަ ޤައުމު” އިސްކުރާ ދެޕާޓީ ކަމަށް ޕީއެންސީގެ ރައީސް އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޚީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުރަޙީމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޢަބްދުރަޙީމް ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީ އަކީ “އެންމެ ފުރަތަމަ ޤައުމު” އިސްކުރާ ދެޕާޓީ ކަމަށާއި، އެބޭފުޅުން ތިއްބެވީ ދިވެހިންގެ ނިންމުމާއި އެކު ރައީސް ޑރ މުޙައްމަދު މުޙައްމަދު މުޢިއްޒު އެކު ފިސާރި ސާބިތުވެގެން ކަމަށެވެ.

“މާތްﷲގެ ވާގިފުޅާއި އެކު ރައީސް ޑރ މުޢިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭ ސަރުކާރަކަށް” ޢަބްދުރަޙީމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޢަބްދުއް ރަޙީމް ވިދާޅުވީ ފަސްއެނބުރި ބެލުމެެއް ނެތި އެބޭފުޅުން ދާނީ ކުރިއަށް ކަމަށާއި، ދިވެހި ރައްޔިތުން ރައީސް ޑރ މުޢިއްޒާއި އެކު ސާބިތުވެ ތިބުމަކީ ޤައުމާއި ރައްޔިތުނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

“އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މި ޤައުމު ބޮޑު” ޢަބްދުއް ރަޙީމް ވިދާޅުވެފައިވެއެވެ.

ޢަބްދުރަޙީމްގެ މިފަދަ ޓްވީޓެއް އައިސްފައިމިވަނީ ވެރިކަން ކުރާ ޕީއެންސީ/ޕީޕިއެމް ގެ ކޯލިޝަންގެ ތެރޭގައި މައްސަލަ ތަކެއް ޖެހި އެ ކޯލިޝަންގެ މުހިންމު ޝަހްސިއްޔަތެއް ކަމަށްވާ ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމިން ޕީޕީއެމް ދޫކުރައްވާ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.