ޕީޕީއެމްގެ އޮފީސް ހިންގަމުން އައި ހ. ހުރަފާ - ފޮޓޯ/ވޮއިސް
ހަބަރު
25 Nov 2023 | 12:12
ޕީޕީއެމްގެ އޮފީސް ހުސްކުރަން ގޭގެ ވެރިފަރާތުން އަންގައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީސް ހިންގަމުން އަންނަ އިމާރާތް. ހ ހުރަފާ ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.

ޕީޕީއެމް އޮފީސް ހުސްކުރަން އަންގާފައި މި ވަނީ، އެ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރަށްޖެހިވަޑައިގެން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައިިފައިވާ މިދަނޑިވަޅުގައެވެ.

ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި އެދިފައި ވަނީ އެއް ދުވަހުގެ ތެރޭގައި އޮފީސް ހިންގަމުން އަންނަ ތަން ހުސްކުރުމަށެވެ.

ޕީޕީއެމްއާއި ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އައު ޕާޓީ އުފެއްދެވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލްވަނީ މިކަން ވޮއިސްއަށް ކަށަވަރު ކޮށްދެއްވާފައެވެ. 

މިގޮތުން ހުރަފާ ހުސްކުރުމަށް ޕީޕީއެމަށް ފޮނިވި ސިޓީގައި ވަނީ ސިޓީގައި އެގޭ ގްރައުންޑް ފްލޯ އަދި އެއް ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށްކަމުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ.އި ވާކަމަށާއި ވުމާއެކު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި ނޮވެމްބަރު 24 ވަނަ ދުވަހުގެ މެންދުރުގެ ކުރިން ތަން ހުސްކޮށް ވެރިފަރާތާއި ހަވާލުކުރުމަށް އެ ސިޓީގައި ވަނީ އެދިފައެވެ. 

ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ބުނެޕީޕީއެމުން ވަކިވެ ވަޑައިގެން ރައީސް ޔާމީން އާ ޕާޓީއެއް ހެދުމަށް ވަނީ ނިންމާފައެވެ. 

ރައީސް ޔާމީން އަލަށް ހަދާ ޕާޓީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.