އިލެކްޝަންސް ކޮމިޝަންސް ގެ ރައީސް އިސްމާއިލް ހަބީބު--
ހަބަރު
25 Nov 2023 | 15:07
ޝަރުޠު ހަމަވާ ކޮންމެ ރައްޔިތަކަށްވެސް ސިޔާސީ ޕާޓީއެއް ހެދިދާނެ: ހަބީބް

ޝަރުޠު ހަމަވާ ކޮންމެ ރައްޔިތަކަށްވެސް ސިޔާސީ ޕާޓީއެއް އުފެއްދޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓް ކުރައްވާފައި މިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޕީޕީއެމް ގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، އައު ޕާޓީއެއް އުފެއްދެވުމަށް އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

"ޤާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވޭ.ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުޤުވެރިވާކަން ބަޔާންކޮށް އަންނަނިވި ޝަރުޠު ހަމަވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިދާނެ." 

އިސްމާޢީލް ހަބީބް 

މި ޓްވީޓްގައި އާ ޕާޓީއެއް އުފައްދާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައްވެސް ހަބީބް ވަނީ ބަޔާން ކުރައްވާފައެވެ. އެއީ؛

• ދިވެހި ރައްޔިތަކަށްވުން

• ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން

• އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން

• އެމީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއް ތަންފީޛުކުރެވެމުންދާ މީހެއްކަމުގައި ނުވުން

• އެހެން ޤައުމެއްގެ ރައްޔިތަކަށް ނުވުން

• ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުމާއި،

• ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 އަހަރުދުވަސް ވެފައިވުން.

• މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަޚުލާޤީ ޢަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

• ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން 

މީގެ އިތުރުންވެސް ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެކަމަށެވެ.

އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއް އުފައްދާ ފަރާތުގެ ޝަރުތު ތަކުގެތެރޭގައި އެމީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއް ތަންފީޛުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 އަހަރުދުވަސް ވެފައިވުން ހިމެނޭތީ ރައީސް ޔާމީނަށް ސިޔާސީ ޕާޓީއެއް އުފެއްދިދާނެތޯ އަންނަނީ ގިނަ ބަޔަކު ސުވާލު އުފައްދަމުންނެވެ. ސަބަބަކީ ރައީސް ޔާމީން ރަށު ބަންދަށް ދޫކޮށްލައްވާފައި ހުންނެވި ކަމުގައި ވިޔަސް، އެ މަނިކުފާނު ދަނީ އާރަށު މައްސަލައިގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ޕީޕީއެމް ގެ ތެރޭގައި އުފެދުނު ހަމަނުޖެހުމުގައި ރައީސް ޔާމީން ޕާޓީގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ވަނީ ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދެވުމާއި ދެކޮޅު ހައްދަވާ، ރައީސް ޑރ. މުއިއްޒު އާއި އެކު ތިއްބެވިކަން ހާމަކުރައްވާފައެވެ.

އަދި މިހާރު ޕީޕީއެމް އަކީ ރައީސް ޔާމީންގެ ޕާޓީއަކަށް ނުވާތީ ޕީޕީއެމް ހިންގަމުން އަންނަ އޮފީހުގެ އިމާރާތުގެ ވެރިފަރާތުން ވަނީ އެ އޮފީސް ހުސްކޮށް އެއްދުވަހުގެ ތެރޭގައި އެ ބައި ވެރިފަރާތާއި ހަވާލުކުރުމަށް ޕީޕީއެމް އަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.