ޕީޕީއެމް އޮފީސް ކުރިން ހިންގަމުން އައި އިމާރާތް-- ފޮޓޯ/ވޮއިސް
ހަބަރު
26 Nov 2023 | 10:15
ރައީސް ޔާމީންގެ ޕާޓީގެ އިދާރީ ކަންކަން ހިންގަން ޕީޕީއެމްގެ ކުރީގެ އޮފީސް!

ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީގެ އިދާރީ ކަންކަން ހިންގާ ތަނަކަށް ޕީޕީއެމްގެ އޮފީސް ކުރިން ހިންގަމުން ދިޔަ ތަން ހަމަޖައްސައިފި އެވެ. 

ރައީސް ޔާމީންގެ އައު ޕާޓީ ހިންގުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު، ޕާޓީ އުފެއްދުމުގެ ކަންކަން ކުރިއަށްދާ ގޮތުގެ ތަފްސީލް ދެއްވަމުން ވިދާޅުވީ، އެ ޕާޓީ ރެޖިސްޓަރ ކުރުމުގެ ކަންކަމަށް މިއަދު ހެނދުނު 10އެއް ޖަހާއިރު ޕާޓީ އީސީއަށް ދާނެ ކަމަށެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދަޔަށް އެދޭނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހަމަޖައްސަވާފައިވާ 4 ބޭފުޅަކު ކަމަށްވެސް މަލީހު ވިދާޅުވި އެވެ. ނަމަވެސް އެ ބޭފުޅުންގެ ނަންތައް ހާމައެއް ނުކުރެއެވެ. 

މީގެ އިތުރުން މަލީހު ވަނީ ރޭ ރައީސް ޔާމީންގެ ޕާޓީގެ ނަމާއި ލޯގޯ އަންވެއިލްކުރުމާއި އެކު ޔާމީނަށް މަރުޙަބާ ދެންނެވި ފަރާތް ތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިހާރު ސޯޝަލް މީޑިއާ ހެންޑްލްތައް ވެރިފައި ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

"(ޕާޓީގެ) އިދާރީ ހިންގުން ކުރިޔަށް ދާނީ ހ.ހުރަފަ ގޭގައި. މިއީ ޔާން ސްޕީޑް" މަލީހު ވިދާޅުވި އެވެ. 

ޔާމީންގެ ޕާޓީ އުފައްދަވާކަން ބުރާސްފަތިދުވަހު އިއުލާނު ކުރެއްވުމާއެކު، އިއްޔެގެ ވަގުތެއްގައި، ޕީޕީއެމް އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އެޕާޓީއަށް ވަނީ އަންގާފައެވެ. އަދި ޖަމީލްވެސް ވަނީ އިއްޔެ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. 

ރައީސް ޔާމީންގެ އަޢު ޕާޓީއަށް ކިޔާ ނަން ރޭގެ ވަގުތެއްގައި ހާމަ ކޮށްފައިވާއިރު، ޕާޓީއަށް ކިޔަން ފާސްކޮށްފައި ވަނީ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް(ޕީއެން ފްރޮންޓް)" އެވެ. ޕާޓީގެ ކުލައެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދަނބު ކުލައެވެ. ރޭ ވަނީ އެޕާޓީގެ ލޯގޯ ވެސް ފައިނަލްކޮށް މީސްމީޑިއާ ޕްލެޓްފޯމް ތައްވެސް ހަދާފައެވެ. 

ޕީޕަލްސް ނޭޝަނަލް ފްރޮންޓް(ޕީއެންއެފް) ލޯގޯ

އެމަނިކުފާނު ޕީޕީއެމުން ވަކިވެ ވަޑައިގެންނެވީ  ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެން،ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.