ޔާމީން އާއި ދަރިކަލުން ޒޭން ޔާމީން--
ހަބަރު
26 Nov 2023 | 12:58
ރައީސް ޔާމީންގެ ޕާޓީ އުފައްދަން ހުއްދަ އަށް އެދެނީ ދަރިކަލުން ޒޭންގެ ނަމުގައި!

ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންގައި ހުއްދައަށް އެދިފައިވަނީ އެމަނިކުފާނުގެ ދަރިކަލުން، ޒޭން ޔާމީންގެ ނަންފުޅުގައި ކަމަށް، ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށް، އެކަމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ވަނީ މިއަދު އީސީއަށް ވަޑައިގެންފައެވެ. އޭގޮތުން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ތިއްބެވީ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އާއި މަލީހެވެ. 

ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހެޅުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަލީހު ވިދާޅުވީ، ޔާމީން އަށް އައު ޕާޓީއެއް އުފައްދަވަން ޖެހިވަޑައިގެންނެވީ އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމް، އެމާނިކުފާނުގެ އަތްޕުޅުން "ބަޔަކު ފޭރިގެންފައިވާތީ" ކަމަށާ، އެކަމުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ކަމަށެވެ. 

އެހެންކަމުން، އެމަނިކުފާނުގެ އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، އެކަމަށް އީސީގެ ފުރިހަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މިއަދު އީސީން ދީފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. 

މަލީހު އިތުރަށް ވިދާޅުވީ، ޔާމީންގެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި، އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ތިބުމަށް އެމަނިކުފާނު އެދިލައްވާކަމަށެވެ. އެހެން ނަމަވެސް އީސީގެ ގަވާއިދުގައިވާ ގޮތުން ޕާޓީގެ މުއައްސިސުންގެ ގޮތުގައި ހުންނެވެނީ އެކަކަށް ކަމަށް ވާތީ، ޔާމީންގެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމިން ކަމަށް މަލީހު ވިދާޅުވި އެވެ. 

"މިވަގުތު ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު ބުނާގޮތުން އެންމެ މީހަކަށް މި ހުއްދަ (ޕާޓީ އުފެއްދުމުގެ ހުއްދަ) ދޫކުރެވެނީ. އެހެންވީމާ އޭގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު ވާހަކަ ދެކެވިފައި މިވަނީ، ޒޭން އަބްދުالله ޔާމީންގެ ނަންފުޅުގައި ހުއްދަ ދޭން އެދެން."

މުހައްމަދު މަލީހު ޖަމާލް 

ޒޭން އާއި ޔާމީންގެ އިތުރުން ޕާޓީގެ މުއައްސިސުންގެ ގޮތުގައި ތިއްބެވުމަށް ޔާމީން ހަމަޖެއްސެވި ބޭފުޅުންނަކީ؛ 

• ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު 

• ކުރީގެ ސީޕީ، ހުސައިން ވަހީދު

• ޔާމީންގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ (މުސްތޮ)

• މިފްކޯގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަދްލީ އިސްމާއިލް

• ޕީޕީއެމް ސެނެޓް މެންބަރެއްގެ ގޮތުގައި ހުންނެވި ދަތުގެ ޑރ. ޖިހާދު

• ޔާމީން ސަރުކާރުގައި ޓްރިވެންޑްރަމްގައި ކޮންސިއުލްގެ މަޤާމު އަދާކުރެއްވި އަލީ އާދަމް، ކަކާގޭ އަލިބެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.