ޔާމީންގެ އައު ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން-- ފޮޓޯ/ވޮއިސް
ހަބަރު
26 Nov 2023 | 15:25
"ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑް މުގުރައި، ހުރިހާ އިންތިޚާބެއްގައިވެސް ވާދަކުރާނަން"

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އައު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ކުރިއަށް އޮތް ހުރިހާ އިންތިޚާބެއްގައިވެސް ވާދަކުރާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ. 

އައު ޕާޓީ އުފެއްދުމުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުالله ޔާމީން ކަމަށެވެ. އަދި ޑީޖޭއޭ އިން ކުށުގެ ލިބުމާއެކު މިއަދު އީސީއަށް ފޯމު ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ މިއަދު ވެސް ޑީޖޭއޭ [ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން] އިން ކުށުގެ ރިކޯޑްތައް ލިބިއްޖެއްޔާ އަނެއްކާ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް އަންނާނަން ފޯމު ހުށަހެޅުމައްޓަކައި." 

މުހައްމަދު މަލީހު ޖަމާލް

މަލީހް ވިދާޅުވީ ފޯމް ހުށަހެޅުމާއެކު ވަރަށް އަވަހަށް ޕީއެންއެފް އުފެއްދުމުގެ ހުއްދަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެއާއެކު އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑް މުގުރާލާ ޕާޓީއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ފޯމު ހުށަހެޅުމާއި އެކު އެ ބޭފުޅުން ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ހުއްދަ ދޫކުރައްވާނެ. ހުއްދަ ދޫކުރުމާއި އެކުގައި، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ރިކޯޑް އަޅުގަނޑުމެން އިރާދަކުރެއްވިޔާ މުގުރާލާނަން. އަޅުގަނޑުމެންގެ ޕާޓީން، މާލެސިޓީ ގެ މޭޔަރ ކަމަށްވެސް ވާދަކުރާނެ. އިރާދަކުރެއްވިޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިރާދަކުރެއްވިޔާ ބޮޑުކޮށް ވާދަކުރާނެ އަދި ބޮޑުކޮށް ކާމިޔާބު ކުރާނެ. 

މުހައްމަދު މަލީހު ޖަމާލް 

ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ރައީސް ޔާމީން އާއި ދުރަށް ޖެހިވަޑައިގެން، ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް ވިދާޅުވެ، ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައި ވާއިރު، ޕީޕީއެމް ޕީއެންސީގައި ތިއްބެވި އެމާނިކުފާނުގެ ސަޕޯޓަރުން އެޕާޓީއާ ގުޅުމަށް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ބޮނޑިބަތް ޖަމީލް
ﷲއަކްބަރު. ﷲ ޔަޢުލަމްމާ ތަސްމަޢޫން.
28 Nov 2023
ގުޅޭ ލިޔުންތައް
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.