ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
26 Nov 2023 | 16:33
ޖަމީލްގެ ސުވާލެއް: ކޮން ދުވަހަކުތޯ އަބްދުއްރަހީމް، ރައީސް ޔާމީނަށް ހެޔޮ އެދޭ ބޭފުޅަކަށް ވީ؟

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަށް ހެޔޮ އެދޭ ބޭފުޅަކަށްވީ ކޮން އިރަކުތޯ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ.  

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުރި ޙުކުމް, އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅަން ޑރ. ޖަމީލު އަޙްމަދު ލަސްކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ދަހިވެތިކަމުގައި ކަމަށް އަބްދުއްރަހީމް ރޭ ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ޔާމީންގެ އައު ޕާޓީ އުފެއްދުމުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެކަން ފާހަގަ ކުރައްވާ އޭގެ ހަގީގަތް ސާފުކޮށްދެއްވުމަށް އެދިލައްވާފައެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ޖަމީލް ވަނީ އަބްދުއްރަހީމް، ރައީސް އަށް ހެޔޮ އެދުނު ދުވަހަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ "ގޮނޑި" ބޭނުންކުރައްވައިގެން އިންތިޚާބު ކާމިޔާބު ވުމުން އަބްދުއްރަހީމް ވެސް އެމަނިކުފާނަށް ޝުކުރު އަދާނުކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

ކޮން ދުވަހަކުތޯ އަބްދުއްރަހީމް ރައީސް ޔާމީނަށް ހެޔޮ އެދޭ ބޭފުޅަކަށް ވެގެން ތިއުޅެނީ؟ ރައީސް ޔާމީން ހަތަރު އަހަރު ޖަލުގައި ހުންނެވީ. މަންމާފުޅު ނިޔާވީ. ރައީސް ޔާމީން ހުރިހާ ގުރުބާނީއެއް ވެވަޑައިގެންނެވީ. ރައީސް ޔާމީން ނޫންތޯ މި އިންތިޚާބަށްޓަކައި ހުރިހާ ސެކްރިފައިޒެއް ވެވަޑައިގެންނެވީ. ރައީސް ޔާމީންގެ ގޮނޑި ދެއްކެވީ. އާއިލާގެ ބޭފުޅުން ގުރުބާން ވެވަޑައިގެންނެވީ. އިންތިޚާބު ކާމިޔާބުވުމަށްފަހު ކޮން ދުވަހަކުތޯ ޝުކުރުގެ ލަފްޒެއް އަބްދުއްރަހީމް ނުވަތަ އެހެން ބޭފުޅެއް އަދާކުރެއްވީ. 

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

ޖަމީލް އިތުރަށް ވިދާޅުވީ، އޭނާގެ "ސިޔާސީ ބައްޕަ" އަކީ ރައީސް ޔާމީން ކަމަށާ، އެމަނިކުފާނު ދެއްވާ އިރުޝާދަކީ ޒާތީ ގޮތުން ދެކެވޭ ވާހަކާތަކަށް ނުފީނަން ގައުމު އިސްލާހުކުރަން މަސައް ކުރުން ކަމަށެވެ. 

ޖަމީލް މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރެއިން ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ހުރިހާ ކެންޕެއިން ޖަލްސާއެއްގައި ވެސް، ރައީސް ޔާމީނަށް ޚާއްސަ ގޮނޑިކޮޅެއް ކުރީ ސަފުގެ މެދުގައި އަބަދުވެސް ބަހައްޓާފައި ހުރެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވާހަކަތައް ފަށްޓަވަނީވެސް ރައީސްގެ ނަންފުޅު ހިމަނައިގެންނެވެ. 

ހަމައެހެންމެ, ރައީސް މުޢިއްޒުގެ ކެންޕެއިންގައި ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހީމް ވަނީ އަމަލީ ގޮތުންވެސް ބައިވެރިވެފައެވެ. 

އެހެންނަމަވެސް، އިންތިޚާބު ކާމިޔާބުވެ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުޢިއްޒާއި ސަރުކާރުގެ ބޭބޭފުޅުން ޔާމީންގެ ނަންފުޅު ނުގަންނަކަން ފާހަގަވެފައިވާއިރު، ޖަމީލް ވިދާޅުވާ ގޮތުގައި ޔާމީންގެ ފޯން ކޯލަށް ވެސް މުޢިއްޒު ޖަވާބު ނުދެއްވައެވެ.

އަދި އައު ޕާޓީއެއް ހައްދަވަން ޔާމީން ނިންމެވީވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ޔާމީންއާއި ދުރުވެ، އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވާތީ ކަމަށް ޖަމީލް ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.