02 Mar 2019 | 19:44
ނޯތް ލަންޑަން ޑާބީ އެއްވަރުވެގެން ނިމިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕަރ އަދި އާސެނަލް ބައްދަލުކުރި ނޯތް ލަންޑަން ޑާބީ އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދާފައިވަނީ އާސެނަލްއeވެ. މި ގޯލް އެޓީމަށް ޖަހައިދިނީ 16 ވަނަ މިނެޓުގައި ލަކަޒެޓް ދިން ބޯޅައަކުން އާރޮން ރަމްސޭއެވެ.

ފުރަތަމަ ހާފް އަދި ދެވަނަ ހާފުގެ ބޮޑުބައި އާސެނަލް ކުރީގަ އޮވެގެން ކުޅުނު އިރު މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޓޮޓެންހަމްއެވެ.

މެޗުގެ ނަތީޖާ ޓޮޓެންހަމްއަށް އެއްވަރުކޮށްދިން ގޯލަކީ ލިބުނު ޕެނަލްޓީއަކުން 74 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ގޯލެކެވެ. ހެރީ ކޭންގެ މި ގޯލާއެކު އާސެނަލްވަނީ އަލުން ލީޑް ނެގުމަށް މަސައްކަތްކޮށް ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން ޓޮޓެންހަމްގެ ޑިފެންޑަރު ސަންޗޭޒް އާސެނަލްގެ ފޯވަޑް އޮބާމެޔާންގްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކައި ގުޅިގެން އާސެނަލްއަށްވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ.

ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްވަނީ މެޗުގެ 89 ވަނަ މިނެޓުގައި އޮބާމެޔާންގް ފޮނުވާލި ޕެނަލްޓީ މަތަކޮށް އެޓީމުގެ ހިތްވަރު އައު ކޮށްދީފައެވެ.

ފަހު ވަގުތު ފޯރި ގަދަވެގެން ދިޔަ މި މެޗުގައި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އާސެނަލްގެ މެދުތެރެއަށް ކުޅެމުން އަންނަ ޓޮރޭރާ ކުރި ނުރައްކާތެރި ފައުލަކައި ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވެއެވެ.

މިމެޗުން ނުކުތް ނަތީޖާއާއެކު ޓޮޓެންހަމް އޮތީ 61 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އާސެނަލް ހަތަރުވަނައިގަ އޮތީ 57 ޕޮއިންޓް ލިބިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑް މިރޭ ސައުތްހެމްޕްޓަންއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުން މޮޅުވެއްޖެނަމަ އާސެނަލް ފަސްވަނައަށް ވެއްޓޭނެއެވެ. މިވަގުތު ޔުނައިޓެޑް ތާވަލުގެ ފަސްވަނައިގަ އޮތީ 55 ޕޮއިންޓާއެކީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.