02 Mar 2019 | 22:29
ފަހަތުން އަރާ ޔުނައިޓެޑަށް މޮޅެއް، ސިޓީ ތާވަލުގެ އެއްވަނައަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ސައުތްހެމްޕްޓަން ބައްދަލުކުރި މެޗް 3-2 ކުން ކާމިޔާބުކޮށް ޔުނައިޓެޑް ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފޮޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ސައުތްހެމްޕްޓަންއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޗާލީ އޮސްޓިން ދިން ބޯޅައަކުން ސައުތްހެމްޕްޓަންގެ ގޯލް ޖަހައިދިނީ ޔާން ވަލޭރީއެވެ.

ފުރަތަމަ ހާފް ސައުތްހެމްޕްޓަން ކުރީގައި އޮވެ ނިމުނު އިރު ޔުނައިޓެޑްވަނީ ދެވަނަ ހާފުގައި އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 53 ވަނަ މިނެޓުގައި އަންދްރެއަސް ޕެރޭރާވަނީ ގޯލެއް ޖަހާ ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.

ޔުނައިޓެޑްގެ ފުރަތަމަ ގޯލަށް މާގިނައިރުތަކެއް ނުވަނީސް އެޓީމްވަނީ މެޗުގެ ނަތީޖާ 2-1 ކަށް ހަދާ ކުރި ހޯދާފައެވެ. ޔުނައިޓެޑަށް ކުރި ލިބުނީ އަންދްރެއަސް ޕެރޭރާ ދިން ބޯޅައަކުން ފޯވަޑް ރޮމެލޫ ލުކާކޫ ޖަހައިދިން ގޯލާއެކީގައެވެ.

ނަމަވެސް، ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފި ސައުތްހެމްޕްޓަންގެ ޖޭމްސް ވާޑްވަނީ ފަހު 15 މިނެޓަށް ވެފައިވަނިކޮށް ސައުތްހެމްޕްޓަންއަށް ގޯލެއް ޖަހައިދީ މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްފައެވެ.

ޔުނައިޓެޑް ޑޮމިނޭޓް ކުރި މި މެޗުގައި ފެނިގެންދިޔަ ފަހު ގޯލް އަދި ޔުނައިޓެޑް މޮޅުކޮށްދިން ގޯލް ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ރޮމެލޫ ލުކާކޫއެވެ.

މި ގޯލަށްފަހުވެސް ޔުނައިޓެޑްގެ ލީޑް އިތުރަށް ފުޅާ ކުރާނެ ރަނުގެ ފުރުސަތެއް އެޓީމަށްވަނީ ލިބިފައެވެ. މާކަސް ރަޝްފޯޑަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކައި ގުޅިގެން ޔުނައިޓެޑަށްވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕޮގްބާ ފޮނުވާލި މި ޕެނަލްޓީ ސައުތްހެމްޕްޓަންގެ ކީޕަރުވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ޔުނައިޓެޑް ތާވަލުގެ ހަތަރު ވަނައިގަ އޮތީ 58 ޕޮއިންޓާއެކީގައެވެ. 61 ޕޮއިންޓާއެކު ތިންވަނައިގަ ޓޮޓެންހަމް އޮތްއިރު އާސެނަލް ފަސްވަނައިގަ އޮތީ ޔުނައިޓެޑަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ.

ވަގުތީ ކޯޗް ޝޯލްޝާގެ އިރުޝާދުގެ ދަށުން ލީގުގައި ޔުނައިޓެޑް މިހާތަނަށް 12 މެޗް ކުޅެފައިވާއިރު އޭގެ ތެރެއިން ޔުނައިޓެޑްވަނީ 10 މެޗް ކާމިޔާބުކޮށްފައެވެ. އަނެއް ދެ މެޗް ނިމުނީ އެއްވަރު ވެގެންނެވެ.

މި ސީޒަނުގެ ލީގަށް ވާދަ ކުރަމުންދާ މެންޗެސްޓާ ސިޓީ މިރޭ ކުޅުނު މެޗް އެޓީމް ވަނީ ކާމިޔާބު ކޮށްފައެވެ. މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ސިޓީ ބޯންމައުތްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީއިން ގިނަ ހަމަލާތަކެއް އުފެއްދި އިރު ބޯންމައުތްއަށް މެޗުގައި އެންމެ ޝޮޓެއްވެސް ހެދިފައެއް ނުވެއެވެ.

ރިޔާދް މަހްރޭޒް ޖަހައިދިން ހަމައެކަނި ގޯލާއެކު ލިބުނު ތިން ޕޮއިންޓުން ސިޓީއަށް ތާވަލުގެ އެއްވަނަ ލިބެނީ ލިވަޕޫލްއަށްވުރެ އެއް މެޗް އިތުރަށް ކުޅެގެންނެވެ. 29 މެޗުން ސިޓީއަށް 71 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލް ދެވަނައިގަ އޮތީ 28 މެޗު ކުޅެގެން ލިބުނު 69 ޕޮއިންޓާއެކީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
މިސްކިތަށް ގެއްލުންދީ، ބޮޑުކަމުދިޔަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. މާލެހިޔާ، އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.