މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--ފޮޓޯ/މަޖިލިސް
ހަބަރު
29 Nov 2023 | 11:47
"ތިމާވެށީގެ ކަންކަން ރަނގަޅު ކުރުމުގެ ނަމުގައި ރައްޔިތުންގެ "ޖީބު ފެލުން" ހުއްޓާލަން އެބަޖެހޭ"

ތިމާވެށީގެ ކަންކަން ރަނގަޅު ކުރުމުގެ ނަމުގައި، ރައްޔިތުންގެ "ޖީބު ފެލުން" ހުއްޓާލަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. 

ބޮންޑެ މިފަދައިން ވިދާޅުވެފައި ވަނީ ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މުޅި މަޖިލީހުގެ ކޮމިޓީ ގައި ބަހުސް ކުރައްވަމުންނެވެ. 

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު، ޑަބަލް ޓެކްސް ނެގުމުގެ މައްސަލަ ކުރިމަތިވެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވުމުން، އެ ބިލަށް ކުރީ ސަރުކާރުގެ ފަރާތުން ވަނީ އަލުން އިސްލާހު ހުށަހަޅާފަ އެވެ.

އެ އިސްލާހަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ، އެ ބިލަކީ ތިމާވެށީގެ އިތުރުން، އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަ ތަކާއި ގުޅުން ހުރި ބިލެއް ކަމަށެވެ. 

އެގޮތުން ބޮންޑެ ވިދާޅުވީ، ކުނި މެނޭޖު ކުރުމުގެ ކަންކަން ރޭވިފައިވާ ގޮތުން، ކުނި ބިލާއި ކަރަންޓް ބިލު އެއްކޮށްލާފައިވާއިރު، އޭގެ ސަބަބުން މީހުން ނޫޅޭ، ކުނި އު އުފައްދާ ތަންތަންވެސް ކުންޏަށް ފައިސާ ނަގަމުންދާ ކަމަށެވެ. 

"އަހަރެއްގެ މައްޗަށް އެބަ ނަގައޭ 2000 އެއްހާ ރުފިޔާ. ގާތްގަނޑަކަށް 10,000 ނުވަތަ 7000 މުސާރައަށް ލިބޭ މީހަކަށް އެއީ ވަރަށް ބޮޑު އަދަދެއް. އެހެންވީމާ އިގްތިސާދީ މައްސަލަ އެބަ އޮތް. ރައްޔިތުން ނިކަމެތިވެ ފަގީރުވަމުންދާއިރު، މިއީ މާކެޓް އިކޮނޮމީ އެއްނޫން. މިއީ މާކެޓް ސޮސައިޓީ. ސޮސައިޓީ އަޅުވެތި ކުރުން. މިއީ ތިމާވެށީގެ ބިލެއް ކަމަށް ހަދައިގެން ސަރުކާރަށް ފައިސާ ހޯދަން ކުރާ ކަމެއް މިއީ."

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

ބޮންޑެ އިތުރަށް ވިދާޅުވީ، ކޮތަޅުން ފީ ނަގައިގެން ނުވަތަ އެ ނޫން ގޮތް ގޮތުން ރައްޔިތުން ޖޫރިމަނާ ކޮށްގެން ނަމަވެސް ހޯދާ ފައިސާ އަކީ އާމްދަނީ ކަމުގައި ބަޖެޓްގައި ލިޔެފައިވާ ކަމަށާ އެހެން ނަމަވެސް، އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަދި ތިމާވެށީގެ ކަންކަން ރަނގަޅު ކުރުމުގެ ނަމުގައި ރައްޔިތުންގެ ޖީބުން "ފެލުން" ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ތިމާވެށީގެ ކަންކަން ރަނގަޅު ކުރުމުގެ ނަމުގައި، ރައްޔިތުންގެ ޖީބު ފެލުން ހުއްޓާލަން އެބަޖެހޭ. ޖީބުން ފޭރުން ހުއްޓާލަން އެބަޖެހޭ."

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

ބޮންޑެ ވަނީ ކުނި މެނޭޖްކުރުމުގެ ބިލަށް ހަމައެކަނި ތިމާވެށީގެ ނަޒަރަކުން ބަލައި، ރައްޔިތުންގެ އަތުން ފައިސާ ނެގުމުގެ ބަދަލުގައި އިގްތިޞާދީ އަދި އިޖްތިމާއީ ގޮތުންވެސް އެ ބިލަށް ބަލައި، އެ ކޮމިޓީ ތަކުގެ މެންބަރުންގެ ޚިޔާލާ އެއްގޮތަށް ބިލް އިސްލާހު ކުރުމަށް އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.