ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން-- ފޮޓޯ/މަޖިލިސް
ހަބަރު
29 Nov 2023 | 14:01
ޕޯޓަލް އިން ޖެނެރޭޓްކުރާ މާކުސް، ފަހުން ބަދަލުކޮށް ފުލެޓަށް ޝަރުތު ހަމާވާ ކަމަށް ހަދާފައި އެބަހުރި: އޭސީސީ

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް އެދުނު ފަރާތްތަކަށް ލިބޭ މާކްސް، އެ ޕޯޓަލް އިން "އޮޓޯ އިން ޖެނެރޭޓްކުރާ" ނަމަވެސް، އެއަށްފަހު، އެ މާކްސް ބަދަލުކޮށް ޝަރުތު ހަމަ ނުވާ މީހުން ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާފައިވާ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓް ދޫކުރުމުގެ މަސައްކަތް އޭސީސީން ހުއްޓުވާފައި ވުމުން، އެކަމާއި ގުޅިގެން އެ މުވައްސަސާގެ އިސްވެރިން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ. 

އެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީން ބުނެފައިވާ ގޮތުން، ފުލެޓް ދީފައި ހުރި ގޮތާއިމެދު ޖުމުލަ 325 ޝަކުވާ ހުށަހެޅިފައިވާ ކަމަށާ، އެ ކޮމިޝަނުން އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. 

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުالله ޝަފީގު (މޯޑު) ވަނީ ފުލެޓާއި ގުޅިގެން އޭސީސީއަށް މައިގަނޑު ކޮން ހުށަހެޅިފައިވަނީ ކޮން ކަހަލަ ޝަކުވާތަކެއްތޯ ސުވާލުކުރައްވާފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން-- ފޮޓޯ/މަޖިލިސް 

މޯޑުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، 4000 ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އެންމެ ފުރަތަމަ އިއުލާން ކުރުމާއި އެކު ގިނަ ބަޔަކު ޝަކުވާ ހުށަހަޅައި ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެކަންކަމަށް ބެލުމަށްފަހު، ފުލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާން ހައުސިންގ މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް، ދެވަނަ ފަހަރަށް ލިސްޓު ނެރުނުއިރުވެސް ފުރަތަމަ ފަހަރު ފާހަގަ ކުރެވުނު ޝަކުވާތަކަށް ބަލާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ. އެހެންކަމުން ނޮވެންބަރު 15 ވަނަ ދުވަހު ފުލެޓް ދޫކުރުން ހުއްޓާލަން ހައުސިންގް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

ފުލެޓް ދޫކުރުން ހުއްޓާލުމަށް އޭސީސީން އަންގާފައިވަނީ އެ ފްލެޓްތަކާއި ގުޅިގެން ހުށަހެޅުނު ޝަކުވާތައް ތަހުގީގު ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ. 

"މި ޕޯޓަލް އަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން އެބަ ޖެނެރޭޓްވޭ މާކްސްތައް. އެހެން ނަމަވެސް، އެ މާކްސްތައް އޮޓޯއިން ޖެނެރޭޓް ވެފައި ހުންނައިރު، އެ މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތައް، ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުންނަ ކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. މިސާލަކަށް ލިޔެކިޔުން ތަކުން ޝަރުތު ހަމަ ނުވޭ. އެހެންވީމާ ސިސްޓަމުން އެބަ ޖެނެރޭޓްވޭ ޝަރުތު ހަމަ ނުވާ ކަމަށް. އެހެންވެއްޖެއްޔާ، އެ އެޕްރޫވަލް ލެވެލް އިން ޝަރުތުހަމަވާ ކަމަށް ބަދަލު ކޮށްފައިވާ ކަމަަށް އަޅުގަނޑުމެންނަށް ފާހަގަ ވަނީ."

އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް

މީގެ އިތުރުން، ފުލެޓަށް އެދި ހުށަހަޅާ ފަރާތުން އެ ފަރާތެއްގެ ދަރިއެއް ނެތް ކަމަށް ފޯމުގައި ޖަހާފައި، އަދި ޑީއެންއާރު ސިސްޓަމުންވެސް އެ ފަރާތެއްގެ ދަރިއެއް ނެތް ކަމަށް ދައްކާފައި ހުރި ނަމަވެސް، އެ ފަރާތުގެ ދަރިއެއް ހުރި ކަމަށް ބަލައި މާކުސް ދީފައި ހުރިކަން ފާހަގަވެފައިވާ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ. 

"އެހެންވީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ، ކޮންމެވެސް ދިމާލަކުން އެ ޕޯޓަލް ތެރެއިން މާކްސް ބަދަލު ކުރާކަން." 

އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް

މިއާއެކު އަބްދުއްސަލާމް ވިދާޅުވީ، ބައެއް ފަރާތްތަކުގެ ޝަތުރު ހަމަވާކަމަށް ކަނޑައަޅައި ފުލެޓް ދީފައި ވާއިރު، އެފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެއީ މާލޭގައި ދިރިއުޅޭ ފަރާތްތަކެއް ނޫންކަން ސާފުކޮށް އެނގެން ހުރި ކަމަށެވެ. 

އަބްދުއްސަލާމް ވިދާޅުވީ، އެކަންކަމަކީ އެންމެ ފުރަތަަމަ ދާއިމީ ލިސްޓް ނެރުނު އިރުވެސް ފާހަގަވި ކަންކަން ކަމަށާ، ދެވަނަ ފަހަރު ލިސްޓް ނެރުނު އިރުވެސް އެކަމަށް ބަލާފައި ނުވާ ކަމަށެވެ. އަދި، ފުލެޓް ދޫކުރުން މަޑު ޖައްސާލަން އަންގާފައިވަނީ އެ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބްދުއްސަލާމްގެ ވާހަކަތަކަށް ބާރުދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ގެދޮރުވެރިޔާ ޕޯޓަލް އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ރަނގަޅަށް ޑިޒައިން ކުރި ޕޯޓަލް ކަމަށެވެ. އެހެންނަމަވެސް، ޕޯޓަލްގެ މަސައްކަތް ނިމި، އެ 'ވެރިފައިކުރުމާއި' އެއަށްފަހު 'އެޕްރޫވް' ކުރަން ތިބޭ ތިން މީހުންގެ ފަރާތުން ފާހަގަވެފައިވާ ކަންކަމަށް ބަލާފައި އެ މައްސަލަ އިތުރަށް ބަލަންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން، އެމީހުންގެ މަގާމުގެ ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު، ވެރިފައި ކުރާށާއި، އެޕްރޫވް ކުރަން ތިބި މީހުންގެ މައްޗަށް ކުރެވޭ ކަމަށް ޝާމިލް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް
އާޖެންޓީނާގެ އެފްއޭއިން މަނީ ލޯންޑަރ ކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ވަރލްޑްކަޕަށް ތައްޔާރުވަމުންދިޔައިރު، ޓާޕިއާގެ މައްޗަށް އެކިއެކި ކަންކަމުގައި ވަނީ ތުހުމަތުތައް ކުރެވިފައެވެ
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
08 Jul 2026
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޝިޕެއް ތުރުކީގައި ބަނދަރުކުރުން މަނާކޮށްފި
ޖުލައި މަހުގެ 5 އިން 15 އަށް ކުރިއަށްގެންދާ މި ދަތުރަކީ ގްރީސްގެ އެތެންސުން ފުރައިގެން ގްރީސްގެ ރަށްތަކަށާއި ޑަލްމޭޝިއަން ކޯސްޓަށް ދަތުރުކުރުމަށް ރޭވިފައި އޮތް ދަތުރެކެވެ. މި ދަތުރުގެ ތެރެއިން ތުރުކީގެ ކުޝަދާސީ ބަނދަރަށާއި އިސްތަންބޫލްގައި ދެ ދުވަހު މަޑުކުރުމަށް ފަހު، ދަތުރު ނިންމާލުމަށް ހަމަޖެހިފައި އޮތީ އިޓަލީގެ ޓްރިއެސްޓޭ އަށެވެ.
08 Jul 2026
ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކުރުމަށް ފީފާއިން ނިންމާފައިވާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި 871 މިލިއަން ޑޮލަރު ބަހާލެވޭނެއެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާގެ އަދަދަކީ 440 މިލިއަން ޑޮލަރެވެ.
08 Jul 2026
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުން 2000އިން މަތީގައި
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
08 Jul 2026
ރައީސް ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައިފި
34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި ޙައްޤު ބަސް ފެތުރުމަށާއި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔުމަށް ގޮވާލައްވައިފިއެވެ.
08 Jul 2026
ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ
2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.