ޕީއެންއެފްގެ އިސް ފަރާތްތަކުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ-- ފޮޓޯ/ޕީއެންއެފް
ހަބަރު
29 Nov 2023 | 17:03
ޕީއެންއެފް ވެގެންދާނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުވެސް ދިފާޢު ކުރާ ޕާޓީ އަކަށް: ޑރ. ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފް ވާނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުވެސް ދިފާޢުކުރާނެ ޕާޓީ އަކަށް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޕީއެންއެފް އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ދިނުމާއި ގުޅިގެން، މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ، މިހާރު ރާއްޖޭގެ ޙާލަތު ގޮސްފައި އޮތް ހިސާބާއި، އަދި ރާއްޖޭގެ ކުރިމަތީގައި އޮތް ގޮންޖެހުންތަކާއި، ރާއްޖޭގެ އިގްތިސާދުގެ ނާޒުކުކަމާއި، އެނޫންވެއް ދިވެހިރާއްޖެގައި ހުރި މައްސަލަތަކުން އަރައިގަތުމަށްޓަކައި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، އަދި އަމާޒަކާއި އެކީގައި މަސައްކަތް ކުރާނެ ސިޔާސީ ފިކުރެއް އޮންނަންޖެހޭކަމަށެވެ. 

"އެ ފިކުރަކީ، އެއީ އަބަދުވެސް ރައީސް ޔާމީން ި މާނިސްބަތްވެވަޑައިގަންނަވާ ކޮންސަވޭޓިވް ފިކުރު. އެހެންވީމާ އެމަނިކުފާނު އެދިވަޑައިގަންނަވަނީ، މިހާ ހިސާބަށް އެމަނިކުފާނަށް ތާއީދު ކުރެއްވި އެކި ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން، ޕީޕީއެމްވެސް ހިމެނޭ ގޮތަށް، ވީހާވެސް އަވަހަށް ހުރިހާ ފަރާތްތަކުން މި ޕާޓީއާ ގުޅިވަޑައިގެންނެވުން."

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ފިކުރު މަރެއް ނުވާނެ ކަމަށެވެ. އަދި، ޕީއެންއެފްއާއި އެކު އުފެދިގެންދަނީ ދިވެހި ރައްޔިތުންގެ އުއްމީދު ކަމަށާ އެއީ ރައީސް ޔާމީންގެ ފިކުރު ކަމަށެވެ. އަދި އެޕާޓީ ވެގެންދާނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުވެސް ދިފާޢު ކުރައްވާނެ ޕާޓީ އަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއީ ރައީސް ޔާމީންގެ ޕާޓީ. މި ޕާޓީ ވެގެންދާނީ މިސަރުކާރަށްވެސް އަންނަ ގޮންޖެހުން ތަކުގައި، މޭ އައްޑަނައަކަށް ދިއްކޮށްގެން މި ސަރުކާރުވެސް ދިފާއުކުރާނެ ޕާޓީ އަކަށް" 

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

މީގެ އިތުރުން ވެސް، ޖަމީލް ވަނީ ޕީއެންއެފްއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި މާލެސިޓީ ގެ މޭޔަރ ކަމުގެ އިންތިޚާބުގައި ވެސް ވާދަކުރާނެ ކަން ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ލާނު
ރައީސް ޔާމީންގެ ދުވަސް ދުއްވާލަން އުޅުނުމީހުން ކުރީސަފުގައި ތިބެގެން ތިކުރަނީ ކޮންކަމެއް. ޖަމީލް، މަލީހް، ޕާޕާ، ޙުސައިން ވަޙީދު މިއީ މުޅިން ވެސް ޔާމީންގެ ދުޝްމަނުން. އެކަން އޮތީ ތާރީޚުން ފެންނަން.
30 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.