މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު-- ފޮޓޯ/ދާރިސް ޓީވީ
ހަބަރު
02 Dec 2023 | 09:12
މަޤާމުގެ ޒާތީ މަޞްލަޙަތުގައި އަރާރުންވާން ތިބޭން ޤައުމުގެ ޙާލަތު ތަނެއް ނުދޭ: ޝެއިޚް ސަމީރު

ޖާހާއި، މަންޞިބާއި، މަޤާމުގެ ޒާތީ މަޞްލަޙަތުގައި އަރާރުންވާން ތިބޭން މިއަދުގެ މި ޤައުމުގެ ޙާލަތު ތަން ނުދޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

ޝެއިޚް ސަމީރުގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ދިވެހި ޤައުމުގެ އާދޭހަކީ އަވަސް ފަރުވާގައި ޤައުމައިގެން ކުރިޔަށް ދިޔުން ކަމަށެވެ. އަދި ޖާހާއި މަންޞިބާއި މަޤާމުގެ ޒާތީ މަޞްލަޙަތުގައި އަރާރުންވާން ތިބޭން މި ޤައުމުގެ ޙާލަތު ތަން ނުދޭ ކަމަށް ޝެއިޚް ވިދާޅުވި އެވެ. 

"ޙަޤީޤީ ލީޑަރަކީ ވަޠަނުގެ ޙައްޤުގައި ޖާނާއި މާލު ޤުރުބާން ކުރަން ކެރޭ މީހާއެވެ." 

ޝެއިޚް އަހުމަދު ސަމީރު

މިއާއެކު ޝެއިޚް ސަމީރު ވަނީ, ޒާތީ މަންފާތަކުގެ އެދުމުގައި ވެވޭ އަރާރުންތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އައު ޤިޔާދަތާ އެކު، އައު ހިތްވަރެއްލައި ޤައުމައިގެން ކުރިޔަށް ދިޔުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ޝެއިޚް ސަމީރު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، ޕީޕީއެމް/ޕީއެންސީ އެކުވެގެން އުފެދުނު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ގާތްގަނޑަކަށް ހަފްތާއެއް ވެފައި ވަނިކޮށް، ޕީޕީއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އައު ޕާޓީއެއް އުފައްދަވައި، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން އެ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. 

ޔާމީންގެ ޕާޓީގެ ކަން ކަމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވަނީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް އާއި އޭނާގެ ބޮޑުބޭބެ އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދެވެ. އެ ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި ޔާމީން އައު ޕާޓީއެއް އުފައްވަން ނިންމެވީ ޕީޕީއެމްގެ ލީޑަރޝިޕުން އެމަނިކުފާނާ ފެޔަށް ޖެހިވަޑައިގެން ކަން ކަމުގައި މަޝްވަރާ ނުހޯއްދަވާތީ އެވެ. އެހެން ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އެވާހަކަ ދޮގު ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.