ޕީޕީއެމް ޕީއެންސީގެ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
02 Dec 2023 | 10:21
ރައީސްގެ ދެ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީއާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރައްވާފަ: ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ދެ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީއާއި ގުޅޭ ކަންކަމުގައި ގައުމުތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ. 

ރައީސް ޑރ މުޢިއްޒުގެ ތުރުކީ ދަތުރާއި ދުބާއީ ދަތުރުގައި، ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރެއްވި މަޝްވަރާތައް ފާހަގަކޮށް، އެކަމަށްޓަކައި އެ ކޯލިޝަނުން ވަނީ ރައީސަށް މަރުހަބާ ދަންނަވާ ބަޔާނެއް ނެރެފަ އެވެ. 

އެ ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކީ ނިންމަވާލެއްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކޮށް އެމަނިކުފާނަށް ވަރަށް އިޚްލާސްތެރިކަމާއެކު އެ ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓު އަދި ކޯލިޝަންގެ އެންމެހާ މެމްބަރުންގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށެވެ. 

ރައީސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ތުރުކީ ވިލާތަށް، އެ ފަހުން ކޮޕް 28 ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް ދުބާއީއަށް ވަޑައިގެންފައިވާ އިރު، މި ދެ ދަތުރުފުޅުގައި ވެސް އެ މަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ގައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރައްވާފައި ކަމަށެވެ. 

އެގޮތުން ތުރުކީ ވިލާތާއި ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ތަފާތު އެކި ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހިރައްޔިތުން އެދޭ ރާއްޖެއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެ ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ރައީސް ޑރ މުޢިއްޒުގެ ވެރިކަމަކީ ކާމިޔާބު ވެރިކަމެއްކަމަށް ވުމަށް އުންމީދުކުރައްވާ ކަމަށް ބުނެފަ އެވެ. 

އޭގެ އިތުރުން ރައީސް މުއިއްޒުގެ ވެރިކަމަކީ ކާމިޔާބު ވެރިކަމަށް ހެދުމަށް އެ ކޯލިޝަންގެ ހުރިހާ މެމްބަރުން ވެސް އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.