ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުއްﷲ-- ފޮޓޯ: ވޮއިސް
ހަބަރު
06 Dec 2023 | 23:19
އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބި: އަބްދުއްރަހީމް އަބްދުﷲ

ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިބިކަމަށް ރައީސް ޑރ.މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ  އިދިކޮޅުގައި ތިބެގެންވެސް ޕީޕީއެމް ޕީއެންސީއިން ދައްކާފައިވަނީ ރަނގަޅު ވާހަކަތައް ކަމަށާއި އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި އެބަތިބި ކަމަށެވެ.

މިކަމާއި ބެހޭގޮތުން ކުރީ ސަރުކާރުން ދިޔައީ އިންޑިއާ ސިފައިން ނެތްކަމަށް ބުނެ އޮޅުވާލައި ދޮގު ހަދަމުންކަމަށާއި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ގާއިމުކުރުމަށް ރައްޔިތުން ވޯޓު ދިނީ އެކަންކަން ސާފުވާތީކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެނގުނީ އޭރުގެ ސަރުކާރުން ދޮގު ހެދިކަން. އެހެންވެގެން އަޅުގަނޑުމެންނަށް ވޯޓު ދިނީ. އޭރުގެ ސަރުކާރުން ނާގާބިލު ވީމަ އަޅުގަނޑުމެންނަށް ވޯޓު ދިނީ.އޭރުގެ ސަރުކާރުން ރައްޔިތުންނަށް ޚިޔާނާތްތެރި ވީމަ އަޅުގަނޑުމެންނަށް ވޯޓު ދިނީ.އޭރުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދީމަ އަޅުގަނޑުމެންނަށް ވޯޓު ދިނީ."

އަދުރޭ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިތާ ތިން ހަފްތާވެސް އަދި ނުވާކަމަށާއި އެހެންނަމަވެސް މިހާތަނަށް އައިރުވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ދާ ތަން ފެނިވަޑައިގަންނަކަމަށް އަދުރޭ ވިދާޅުވިއެވެ.

އިއްޔެ ކެބިނެޓާއި އެކު ރައީސް ޑރ.މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައަށް އަލި އަޅުއްވާ ލައްވާފައެވެ.

މިގޮތުން އެ މަނިކުފާނު ވިދާޅުވީ އެކި ރަސްމީ އިދާރާތަކުން ލިބޭ އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރި ކަމަށް ފާހަގަ ކުރެވިފައި ވާތީ އެ ލިޔެކިއުންތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އެކަމަކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރިމެންޓުތައް އިންޑިއާއި އެކު ކުރީގެ ސަރުކާރުން ހަދާފައި ވާކަން ޔަގީން ވެފައިވާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.