ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
07 Dec 2023 | 14:25
އިންތިޤާލީ މަރުހަލާގައި ގިނަ ގޮންޖެހުންތައް ކުރިމަތިވި؛ މަސައްކަތްކުރީ ހެޔޮ ނިޔަތާއިއެކު: ޝާމިލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ފެށުމާއި ދެމެދުގައި ހޭދަވި، އިންތިގާލީ މަރުހަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާމިލް ވިދާޅުވީ، އެ ކޮމިޝަންގެ ރައީސް ކަމުގައި ހޭދަވި މުއްދަތުގައި ވަރަށް ގިނަކަންކަން ތަޖުރިބާ ކުރެވުނުކަމަށެވެ.

އެގޮތުން އިންތިޤާލީ މަރުހަލާ އާއި ރިޔާސީ އިންތިހާބުގެ ތެރެއިން ދުވަސް ތަކުގައި ކުރަންޖެހުނު މަސައްކަތް ތަކަކީ ފާހަގަކުރަންޖެހޭ ގޮންޖެހުންތައް ގިނަ މަސައްކަތްތަކެއް ކަމަށާ، ގޮންޖެހުންތަކަާއި އެކުވެސް މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ޒިންމާތައް އަދާކުރެއްވޭތޯ ކަމަށް ޝާމިލް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި އިންތިގާލީ މަރުހަލާގައި ގިނަ ގުނަ ގޮންޖެހުންތަކެއް އަޅުގަނޑުމެން ޖެހުނު ކުރިމަތިލާން. އަޅުގަނޑުމެން އެ މަސައްކަތް ކުރީ އިޚްލާޞްތެރިކަމާއި ހެޔޮ ނިޔަތާއި، ދިވެހި ރައްޔިތުންނަކީ އަޅުގަނޑުމެންގެ ފުރަތަމަ މަސްލަހަތު ކަމުގައި ދެކިގެން. 

އޭސީސީގެ ރައީސް އާދަމް ޝާމިލް 

އެހެންކަމުން، ރިޔާސީ އިންތިހާބާއި އިންތިގާލީ މަރުހަލާގައި ދިމާވި ގޮންޖެހުންތަކާއި، ލިބުނު ފިލާވަޅުތަކުގެ އަލީގައި، އެ މުއްދަތުގެ ތެރޭގައި ގާނޫނީ ގޮތުން ބަނދެވިފައިވާ، އަދި އެންމެ އަސާސީ މަސްލަހަތަކީ ދައުލަތް ހެދޭނެ ނުކުތާ ތަކެއް ގާނޫނުގެ ތެރޭގައި އިސްލާހު ކުރުމަށް އޭސީސީން ވަނީ ހުށަހަޅާކަން ޝާމިލް ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.