މާލެސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރާއި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު-- ފޮޓޯ/ވޮއިސް
ހަބަރު
08 Dec 2023 | 10:36
ޢާޒިމާ އެ ނުކުންނަވަނީ ރައީސް ޑރ. މުޢިއްޒުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރައްވަން: ޝުޖާޢު

މާލެސިޓީ ކައުންސިލްގެ ހުސްވެފައިވާ މެޔަރ ކަމުގެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު، ނުކުންނަވައި ހުންނެވީ، ކުރީގެ މޭޔަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތަންފީޒު ކުރައްވަމުން ގެންދެވި އެކްޝަން ޕްލޭން ތަންފީޒު ކުރައްވަން ކަމަށް މާލެސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. 

ރޭ ހުޅުމާލޭ ލިޓްލް ޖެމްސް ޕްރީ ސްކޫލު ގައި ބޭއްވުނު ޢާޒިމާގެ ކެންޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅެއްގެ ހައިސިއްޔަތުންނާއި އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ގެ ހައިސިއްޔަތުންވެސް ޢާޒިމާއަށް ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮންނާނެ ކަމަށެވެ. 

އަދި މާލެސިޓީ ކައުންސިލްގެ މޭޔަރ ކަމަށް ޕީއެންސީގެ ޓިކެޓްގައި ޢާޒިމާ ވާދަކުރައްވާ އިރު، އެ ބޭފުޅާއަކީ ވަރަށް ގިނަ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ، ވަރަށް ތަޖުރިބާކާރު ބޭފުޅެއްކަން ޝުޖާއު ފާހަގަކުރެއްވި އެވެ. 

މިއާއެކު ޝުޖާޢު ވަނީ، ޢާޒިމާގެ މަސައްކަތް ބިނާ ކުރައްވާނީ، ރައީސް ޑރ. މުޢިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމުގެ މަގާމުގައި ހުންނެވި އިރު، އެކުލަވައި ލެއްވި، މާލެ ސިޓީ ތަރައްގީ ކުރުމުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ކަން ފާހަގަކުރައްވާފައެވެ. 

އާޒިމާ އެ ނުކުންނަވަނީ ޑރ. މުޢިއްޒުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން، އަޅުގަނޑުމެން މިހާރު މި ތަންފީޒުކުރަމުންދާ ސްޓެރެޓެޖިކް އެކްޝަން ޕްލޭނާ އެކީގައި. ޑރ. މުޢިއްޒު ނިންމެވި ހިސާބުން ފެށިގެން، ކުރިއަށް އޮތް ބާކީ ދުވަސްތަކަށް އެ މެނިފެސްޓޯ ނުވަތަ އަޅުގަނޑުމެންގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒް ކުރެއްވުމަށް. އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވަނީ ވެރިކަން ހިންގާ ކޯލިޝަނަށް 

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު 

އެހެން ކަމުން ޝުޖާޢު ވަނީ މާލެސިޓީ އާއި ޚާއްސަކޮށް ހުޅުމާލޭ ދާއިރާގެ ހުރިހާ ފަރާތްތަކުން ޢާޒިމާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ސަލީމު
މުނިސިޕަލްޓީދަފްތަރުމީހުންތިބީމަގުމަތިވެފާއެއައްހައްލެއްހޯދާދެވޭނެތަ؟
08 Dec 2023
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.