ރ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް-- ފޮޓޯ:އައިލްސް
ހަބަރު
11 Dec 2023 | 21:41
ރ އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމް އިން ވަކިވެވަޑައިގެންފި

ރ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންފިއެވެ.

ނާސިފް ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންނެވިކަން އަންގަވައި ޕީޕީއެމަށް ސިޓީއެއް ފޮނުއްވާފައެވެ.

ނާސިފް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުންނަވައިގެން ނޭއްދާރު ސިޔާސަތުތަކަށް އަމިއްލަފުޅު ނަފްސު ނިސްބަތްކުރައްވާ ހުންނެވުމަކީ ޤައުމަށް ގައްދާރުވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ހަޔާތް އެއްކޮށް އެ ޕާޓީއެއްގައި ހޭދަކުރައްވާ، އިހްލާސްތެރިކަމާއެކު އެތައް މަސައްކަތެއް ކޮށްދެއްވި ޕީޕީއެމްގެ ސެނެޓުގެ މެންބަރުކަމާއި ޕާޓީގެ މެންބަރުކަމުން އިސްދިއުފާ ދެއްވާ ކަމަށެވެ.

މީގެ އިތުރުން ނާސިފް ވިދާޅުވީ ޕީޕީއެމް މިހާރު ހިންގަމުން ދަނީ އަސާސީ ގަވާއިދާއި ހިލާފަށް ކަމަށާއި ޕީޕީއެމް ހިމެނޭ ކޯލިޝަނެއްގެ ވެރިކަމެއް ގެނައީ ރާއްޖެއަށް އިގްތިޞާދީ ކުރިއެރުމާއި ތަމައްދުނުގެ އުޖާލާ ޒަމާނެއް ގެނެސްދެއްވި ވެރިއަކު ހުރަގޭގައި ބާއްވައިގެން ކުރި އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނައުމުގެ ނިޔަތުގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނިގެން ދަނީ ތަފާތު ބަހަނާތައް އުފަންކޮށް ދިވެހި ރައްޔިތުން ކުރި އުންމީދުތަކަށް ފުރަގަސް ދެމުން ދާތަންކަމަށް ވެސް ނާސިފްގެ ފޮނުއްވި މި ސިޓީގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ހަފްތާއެއް ވެސް ނުވަނީސް ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކަާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ އެ ޕާޓީއިން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.