ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ-- ފޮޓޯ/މަޖިލިސް
ހަބަރު
12 Dec 2023 | 15:03
ގާނޫނު އޮތް ގޮތުން ތިނަދޫ ސިޓީއަކަށް ވިޔަސް އޮންނާނީ ރަށު ކައުންސިލެއް: ފިލްޒާ

ތިނަދޫއަކީ ސިޓީ އެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އެ ސިޓީގެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެކަމަށް ރައްޔިތުން މަޖިލީހުގެ ކައުސެލް ޖެނެރަލް ފާޠިމަތު ފިލްޒާ ލަފާ ދެއްވައިފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ގަރާރަކުން ތިނަދޫއަށް ވަނީ ސިޓީއެއްގެ ދަރަޖަ ދެއްވާފައެވެ. 

އެހެންނަމަވެސް، އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުންތަކެއް އޮތުމުން އެ ކައުންސިލުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ހުށަހެޅި އެވެ. އެގޮތުން 
އެ ކައުންސިލަށް އެކި އިދާރާތަކުން އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ ކަން ފާހަގަކޮށްފައި ވެއެވެ. 

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އިން އިއްޔެ ވަނީ ތިނަދޫ އަކީ ސިޓީއެއް ކަމަށާއި އެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށާއި އަދި އެ ސިޓީގައި މޭޔަރެއް ހުންނަން ޖެހޭކަމަށް ނިންމާފައެވެ. 

ނަމަވެސް، މަޖިލީހުގެ ކޮމިޓީން އެ ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ބަލާއިރު ރަނގަޅު ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، އެ ކޮމިޓީއަށް ކައުންސެލް ޖެނެރަލް ވަނީ ލަފާ އަރުއްވާފައެވެ. 

އެގޮތުން، ފިލްޒާގެ ލަފާ، އެ ކޮމިޓީގައި މިއަދު އިއްވާފައިވާއިރު، އޭގައިވާގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާ ގައިވާގޮތުން ކައުންސިލް މެންބަރުންގެ ދައުރު މެދުތެރެއިން ސިޓީއެއްގެ ދަރަޖަ ރަށަކަށް ހަމަޖައްސައިފިނަމަ، އެ މެންބަރުންގެ ދައުރު ނިމެންދެން އެ ކައުންސިލެއް ރަށު ކައުންސިލެއްގެ ދަރަޖާގައި ދެމިއޮންނާނެކަމެވެ. 

އަދި ރަށު ކައުންސިލްގެ ދައުރުގެ ތެރެއިން ސިޓީއެއް އުފެދޭ ހާލަތުގައި އެ ސިޓީއަކަށް ސިޓީ ކައުންސިލެއް އުފައްދަން ގާނޫނު ލާޒިމް ނުކުރާ ކަމަށް ފިލްޒާ ވިދާޅުވި އެވެ. 

"ސިޓީ ކައުންސިލް އުފައްދަން ގާނޫނުގައި އެއްވެސް މާއްދާއަކުން ލާޒިމްކޮށްފައި ނުވާތީ، އެ ގާނޫނުގެ އެއްވެސް މާއްދާއަކުން ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލްގެ ދަރަޖަ ދެވިގެންދާނެ ކަމަށް ނުފެނޭ"

މަޖިލީހުގެ ކައުސިލް ޖެނެރަލް ފާޠިމަތު ފިލްޒާ

ނަމަވެސް، ސިޓީއަކުން ލިބެންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއް އަޔަނުދިނުމަށްޓަކައި ސިޓީ ކައުންސިލަށް ގާނޫނުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް މި ހާލަތުގައި ރަށު ކައުންސިލަށް ލިބިދޭ ކަމަށް ފިލްޒާ ވިދާޅުވެފައި ވެއެވެ.

އަދި ކައުންސިލް ރައީސް އާއި މެންބަރުން އެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްޓަކައި ކުރެއްވި ހުވާ ކުރައްވައިގެން  ސިޓީ ކައުންސިލެއްގެ މޭޔަރު ކަމާއި މެންބަރުންގެ ހައިސިއްޔަތު ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފިލްޒާގެ ލަފައާ ގުޅިގެން މަޝްވަރާ ކުރުމަށް ފަހު މިއަދު ލާމަރުކަޒީ ކޮމިޓީން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން މަޖިލީހަށް ހުށަހަޅާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.