ޗާންދަނީ މަގުގައި ހުރި ޢަރަބިއްޔާގެ ކުރީގެ އިމާރަތް. ފޮޓޯ:އިންޓަރނެޓް
ހަބަރު
14 Dec 2023 | 14:23
އެޑިޔުކޭޝަން އިން 2 އަހަރުވަންދެން ހިފެހެއްޓި ޢަރަބިއްޔާގެ ސްޓްރަކްޗަލް ރިޕޯޓް ހާމަކޮށްފި

އެޑިޔުކޭޝަން މިނިސްޓްރީ އިން 2 އަހަރުވަންދެން ހިފަހައްޓައި ސިއްރު ކުރި ކުރީގެ ޢަރަބިއްޔާ ސްކޫލްގެ ސްޓަކްޗަލް ރިޕޯޓް ހާމަކޮށްފިއެވެ.

ޢަރަބިއްޔާ ސްކޫލް ކުރިން ހިންގަމުން ދިޔަ ޗާންދަނީ މަގުގެ ޢިމާރާތް ކުދިން ބޭނުން ކުރުން ރައްކާތެރި ނޫން ތަނަކަށް ވެފައި ވުމުން އެތަނުގެ ހާލަތު ބެލުމަށް މިދިޔަ ސަރުކާރުން ހެދި ސްޓްރަކްޗަލް އެސިސްމަންޓުގެ ނަތީޖާ ހާމަ ކުރިކަމަށް ބުނެ ޓްވިޓާގައި ހިންގާ ޢަރަބިއްޔާ ފެމިލީ ޓްވިޓާ ހެންޑްލް އިން ވަނީ މިހާރުގެ އެޑިޔުކޭޝަން މިނިސްޓްރީ އަށް ތަޢުރީފް ކޮށްފައެވެ.

އަދި އެޑިޔުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީޢު ޢަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތްޕުޅުން ހޯއްދެވި އިތުބާރުގެ މަތީގައި ސާބިތުވެ ހުންނެވުން ކަމުގައި އެ ޓްވީޓުގައި ވެއެވެ.

ޢަރަބިއްޔާގެ ސްޓްރަކްޗަލް އެސެސްމަންޓް ރިޕޯޓުގައި އެތަނަށް ލިބިފައިވާ ގެއްލުން ތަކާއި ކުރަން ޖެހޭ މަރާމާތު ތަކުގެ ވާހަކަ ތައް ވަނީ ހިމަނައިފައެވެ. އަދި އެއާއި އެކު އެކަން ކަމަށް ދާނެ ކަމަށް ލަފާ ކުރާ ފައިސާގެ ޢަދަދުވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

ޗާންދަނީ މަގު ޢަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ކުދިން ކިޔެވުމަށް ބޭނުން ކުރަން ކަމުނުދާ ވަރަށް ހަލާކުވުމުން ޢަރަބިއްޔާގެ ދަރިވަރުން ބަދަލު ކުރީ ކުރިން ވަގުތީ ގޮތުން ފޮރިންގ މިނިސްޓްރީ ހިންގި ޢިމާރާތަކަށެވެ. އެތަނުގައި ދަތި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު މިހާރު އަރަބިއްޔާ ދަރިވަރުން ކިޔަވަމުންދަނީ ކުރިން ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ ޢިމާރާތުގައެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޢަރަބިއްޔާ ސްކޫލްގެ މުސްތަޤިއްލު އައު ޒަމާނީ ފެންވަރުގެ ޢިމާރާތެއް އެޅުމަށް ބިން ހަމަޖައްސައި ދެއްވައި އެމަސައްކަތް ހަފްތާ 14 ގައި ފައްޓަވާނެ ކަމުގެ ޔަޤީން ކަން ދެއްވައިފައެވެ. ޢަރަބިއްޔާ އެޅުމަށް ނިންމައިފައިވަނީ ކުރީގެ މާލޭގެ ކުނިކޮށީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.