އާސަންދަ ކުންފުންޏަށް އާ އެމްޑީއަކު ހަމަޖައްސައިފި

05 Mar 2019 | 20:29

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދަ ހިންގާ ކުންފުންޏަށް އާ މެނޭޖިންގް ޑިރެކްޓަރަކު ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނީގެ އާ އެމްޑީގެ މަގާމަށް ހަމަޖައްސާފައިވަނީ މ. މާފުށީގެ، މަރިޔަމް ޝަފީގެވެ.

މަރިޔަމް ވަނީ ތައިލެންޑްގެ ޗުލަލޮންގް ކޮން ޔުނިވާސީޓީން ސައިންސް އިން ހެލްތު އިކޮނޮމިކްސް އިން މާސްޓާސް ހައްދަވާފައެެވެ. 

 މަރިޔަމް ވަނީ ސީނިއާ ރެޖިސްޓާޑް ނަރުހެއްގެ ގޮތުގަ އައިޖީއެމްއެޗުގައި އަދި އެންސްޕާގެ ޗީފް އެގްޒެކްޓިވް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ނާސިން އެންޑް މިޑްވައިފެރީ ކައުންސިލްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވީ މަރިޔަމް އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ކުރި ޓްވީޓެއްގައިވަނީ އާސަންދައިގެ ނޮން އެގްޒަކްޓިވް ޑިރެކްޓަރުންގެ ގޮތުގައި ވެސް ދެ ބޭފުޅަކު އައްޔަން ކުރައްވާފައިވާކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން، އެދެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. އައިބަހާރު، އާމިލާ ލަތީފް އާއި މއ. ވިކްޓްރީ މުހައްމަދު އާމިރެވެ.

Advertisement

ކޮމެންޓް

Advertisement