ޑިމޮކްރެޓްސް ގެ ބައެއް މެންބަރުން--
ހަބަރު
20 Dec 2023 | 13:18
މުސާރަ ބޮޑު ކުރުމާއި ދެކޮޅަށް ދަ ޑިމޮކްރެޓްސް ޕީޖީ ގްރޫޕުން ތްރީލައިން "ރެޑް" ވިޕެއް!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމުހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާއި ދެކޮޅަށް، މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސް އިން ތްރީ ލައިން ރެޑް ވިޕެއް ނެރެފި އެވެ. 

ޑިމޮކްރެޓްސް އިން ތްރީ ލައިން ރެޑް ވިޕް ނެރުމަށްފަހު، އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އިގުތިސޯދީ ހާލަތު މިހާ ނާޒުކު ހާލަތެއްގައި އޮތް އިރު، އަދި އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޑެފިސިޓު ފަންޑުކުރާނެ ގޮތެއް ކަށަވަރު ނުވާއިރު މުސާރަތައް ބޮޑުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި މި ނިންމުމާ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން ދެކޮޅު ހަދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"...ރާއްޖޭގެ އާއްމު ރައްޔިތުންގެ ދިރިިއުޅުުމުގެ ހާލަތާއި، އާއްމު މަސައްކަތްތެރިންނާއި ސިވިލް ސާވެންޓުންގެ މުސާރަ އާއި އުޖޫރަ، ހަރަދުގެ ނިސްބަތުން ނުހަރު ދަށުގައި ވަނިކޮށް، އަދި މިކަންކަން ހުރިނެތްގޮތް އެންމެ ރަނގަޅަށް އޮޅުންފިލައިތިބެމެ، ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ހުރިހާ ސިޔާސީ މީހުންގެ މުސާރަތައް އިތުރަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފެނިލެއްވިކަމީ ނުހަނު ލަދުވެރި އަދި އެހާމެ ކަންބޮޑުވާ ކަމެއް،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

މިއާއެކު ޑިމޮކްރެޓުން ވަނީ މަޖިލީހާއި މާލިއްޔަތު ކޮމިޓީގައި ބޮޑު އަގުލަބިއްޔަތެއް އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ނިންމުންތައް ނިންމާއިރު މިއަށްވުރެ ޒިންމާދާރުވުމަށް ގޮވާލާފައެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑު ކުރިޔަ ނުދެއްވާނެ ކަމަށް ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވެސް ވަނީ ވިދާޅުވެފަ އެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރުމާއި ސަރުކާރުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.