ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމްކުރި "ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" ހުޅުވުން: ފޮޓޯ؛ ފުލުހުން
ހަބަރު
21 Dec 2023 | 14:54
އެއާޕޯޓު ޕޮލިސް ރެސްކިއު ޕޮއިންޓް ހުޅުވައިފި

މާލެއާއި އެއާޕޯޓާ ދެމެދު ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި އެކްސިޑެންތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ޚާއްސަކުރެވިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމްކުރި "ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" މިއަދު ހުޅުވައިފިއެވެ. 

މި ކަލެކްޝަން ސެންޓަރު ހުޅުވުމަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިއަށްދިޔަ ޚާއްސަ ރަސްމިޔާތެއްގައި މި ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓު ރަސްމީކޮށް ހުޅުވައިދެއްވީ ހެޑް އޮފް މެރިން ޕޮލިސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސެވެ. 

އެއާޕޯޓް ޕޮލިހުން އިސްނަގައި މެރިން ޕޮލިހުގެ އެހީތެރިކަމާއެކު މި ގާއިމުކުރި ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓަކީ މާލެއާއި އެއާޕޯޓާ ދެމެދު ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި އެކްސިޑެންތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ފޯރުކޮށްދެމުންދާ މަސައްކަތްތައް ހަރުދަނާކުރުމުގެ މަގްސަދުގައި ހުޅުވި ސެންޓަރެއްކަމަށް ފުލުހުން ބުނެއެވެ. 

މި ރަސްމިޔާތުގެ ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ވިދާޅުވީ، މި ޚިދުމަތަކީ ބްރިޖު ސަރަހައްދުން ކަނޑުމަތީގައި ދިމާވަމުންދާ އެކްސިޑެންޓުތަކާއި އިންސިޑެންޓުތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅިގެންދިޔަ ވަރަށްބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. 

އަދި މިކަމަކީ ފުރާނަ ސަލާމަތްކުރުމަށް މޫދަށް ފުންމާލާ މީހާ އަދި އެއްގަމުގައި ހުރެގެންވެސް އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވިގެންދިޔަ މަގެއްކަމުގައިވެސް އަނީސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، މިކަމަކީ މީގެ ފެށުންކަމަށް ބަލައި އެއާޕޯޓާއި މާލެއާއި ހުޅުމާލެ ސަރަހައްދަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައި އޮތް ސަރަހައްދަކަށްވެފައި އަދި މި ސަރަހައްދަކީ ކުދިބޮޑު އެންމެން މޫދަށް އެރިއުޅޭ އަދި މޫދުގެ އެކިއެކި ކުޅިވަރުތަކަށް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާތީ މި ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއް ކަމުގައިވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.
07 Jul 2026
އޭއައިއޭ ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ ފޮޓޯ ގަބޫލެއް ނުކުރެވޭނެ: އިމިގްރޭޝަން
އިމިގްރެޝަނުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޓިފިޝަލް އިންޓަލިޖަންސް ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ އެއީ އުސޫލާ ހިލާފް ކަމެއްކަމަށެވެ
07 Jul 2026
ފުލުހުން ހަ ލައްކަ ރުފިޔާ ހޯދައިފި
ޖޫން 28 އާއި ޖުލައި 4 އާ ދެމެދު ފުލުހުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 611416 ރުފިޔާގެ ފައިސާ އާއި މުދާ ހޯދައި ޙައްޤުވެރިންނަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.
07 Jul 2026
ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ބައިލައްކަ ބޭނުން މި ކެމްޕެއިން ކުރިއަށްގެންދަނީ އެލައިޑްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ
07 Jul 2026
ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލަކީ ޑްރޯ ހުކުރު ދުވަހު
10 ޖުލައި 2026 ވާ ހުކުރު ދުވަހު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައި ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ލަކީ ޑްރޯ ބާއްވަނީ. މިއީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް.
07 Jul 2026
ނުކުޅެދޭ މީހުންނަށް މަގާމުތަކެއް ކަނޑައަޅަން ސީއެސްސީއާއި ކުންފުނިތަކަށް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
07 Jul 2026
ގަވާއިދާ ހިލާފަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.