އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
26 Dec 2023 | 13:07
އޮންލައިން ލައިބްރަރީއަކާއެކު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް ޒަމާނީ ކުރަނީ

އިސްލާމީ ލައިބްރަރީއެއްވެސް ހިމެނޭހެން އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް އަންނަ މަހު ލޯންޗް ކުރަން ނިންމާފައިވާ ކަމަށް، މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިއުލާން ކުރައްވައިފިއެވެ.

ޝަހީމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ވެބްސައިޓާއެކު މިހާތަނަށް މިނިސްޓްރީން ނެރެފައިވާ އިސްލާމީ ފޮތްތައް ޑައުންލޯޑް ކުރެވޭނެ ހެން އިސްލާމީ ލައިބްރަރީ ބައެއް ވެސް ވެބްސައިޓްގައި ޤާއިމުވެފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ވެސް މިނިސްޓަރު ކުރެއްވި އިތުރު ޕޯސްޓެއްގައި ވަނީ އިލްމު އުނގެނޭ ލޯފަން ކުދިންނަށް ރެފެރެންސް ފޮތްތައް ފަހިކުރުމުގެ ގޮތުން މިނިސްޓްރީނާއި އައިޔޫއެމުން މިހާތަނަށް ތައްޔާރުކޮށްފައިވާ ފޮތްތަކުގެ އޯޑިއޯ ބުކް ނެރެން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ތަންފީޒު ކުރާނީ އައިޔޫއެމްއިން ކަމަށާއި ނަމަވެސް އެކަމަށް ބޭނުންވާ ހޭދަ ކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.

މިކަން ކަމުގެ އިތުރުން ކޮންމެ ހުކުރު ދުވަހަކު ރާއްޖޭގެ މިސްކިތްތަކުގައި ޚުތުބާ ދޭ ވަގުތު، މިސްކިތްތަކުގެ ޓީވީތަކުން އިނގިރޭސި ބަހުން ސަބްޓައިޓަލް އެރުވުމާއި، އިޝާރާތުން ޚުތުބާ ކިޔައިދޭތަން ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް މީގެ ކުރިން މިނިސްޓަރ ވަނީ އިއުލާން ކުރައްވާފައެވެ.

ހަމަ އެހެންމެ، ހުކުރު ޚުތުބާގެ ތަރުޖަމާ އެކި ބަސްބަހުން އޮންލައިންކޮށް ކިޔޭ ގޮތް ހެދުމަށް ވަނީ ނިންމައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.