ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހް
ހަބަރު
27 Dec 2023 | 10:36
މޮރިޝަސްގެ ސިޓީފުޅުން ސާލިހަށް އޮޅުންބޮޅުންވެ ގައުމުގެ ސިޔާދަތު ނަގާލެވިއްޖެކަން ހާމަވެގެންދޭ

ޗާގޯސްގެ މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިއްރު ސިޓީފުޅު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާކުރައްވާފައިވާއިރު އެސިޓީފުޅުގައި ޗާގޯސް މައްސަލާގައި އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް އޮޅުންވެ ރައީސް ސާލިހަށް މިކުރެއްވެނީ ކޮންކަމެއްކަން އެނގިވަޑައިނުގެން ހުންނެވިކަން ކަށަވަރުވެގެން ހިނގައްޖެއެވެ. އެ ސިޓީފުޅު ސިއްރުކުރައްވައިގެން ހުންނެވީވެސް އެހެންވެގެން ކަން ސާފުވެއްޖެއެވެ.

ރައީސް ސާލިހަށާއި ބަންޑާރަ ނާއިބަށް ޗާގޯސް މައްސަލައިގައި އޮޅުންބޮޅުން ވެވަޑައިގެންފައިވާ ކަން އެނގެނީ އެ ސިޓީފުޅުގައި ޗާގޯސް ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަ ގޮތަށް ދިވެހި ސަރުކާރުން އެއްބަސްވާ އެއްބަސްވުމާއި އދއަށް ދިވެހި ރާއްޖެއިން ހުށަހަޅާފައިވާ ކޮންޓިނެންޓަލްޝެލްފް ކަނޑައެޅުމަށް އދއަށް ހުށަހަޅާފައި އޮތް މައްސަލައާ ގުޅުމެއް ނެތްކަމަށް ވިދާޅުވެފައި އޮތުމުންނެވެ.

އދގެ މުއާހަދާއެއްގެ ދަށުން ކޮންޓިނެންޓަލްޝެލްފް ކަނޑައެޅުމަށް ގައުމުތަކަށް ދެވުނު ފުރުސަތުގައި ދިވެހިރާއްޖެއިން ކޮންޓިނެންޓަލްޝެލްފް ކްލައިމް ކޮށް އދއަށް ހުށަހެޅީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައެވެ.

ގައުމުތަކުގެ އިގްތިސާދީ ސަރަހައްދު ނުވަތަ އީޒެޑްގެ ބޭރުން ކަނޑުގެ އަޑީގެ މުއްސަނދިކަން އެގައުމަކަށް ލިބޭގޮތަށް ކަނޑައަޅަން އދގެ މުއާހަދާއެއްގެ ދަށުން ފުރުސަތު ދެވުނެވެ. އެކަމަށް ދެވުނު ޑެޑްލައިން ހަމަވީ ނަޝީދު ސަރުކާރުގެ ދުވަސްވަރުއެވެ.

ނަޝީދުވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދެކުނުން އައްޑުއޮތޮޅުގެ ދެކުނަށް އިގްތިސާދީ ސަރަހައްދު ކަނޑައަޅައި 200 މޭލަށް އޮތީ ދަމައި ރޮނގުއަޅައި ވަކިކޮށްފައެވެ. އެއީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ ވަކި ދައުލަތެއް ތަނަކަށް ނުވާތީއެވެ.

އިޓްލޮސްގައި ރައްޖޭ ތަމްސީލްކުރި ޓީމް، އިސްކޮށް ހުންނެވީ ކުރީ އެޓާނީ ޖެނެރަލް ރިފްއަރު

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ރަސްމީކޮށް އަދިއަދާހަމއަށްވެސް ކަނޑައެޅިފައެއް ނެތެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ކަނޑައަޅައިދޭން މޮރިޝަސްއިން ދުނިޔޭގެ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި އޮތީ ޗާގޯސްއަކީ އިނގިރޭސިން އަޅުވެތިކޮށްފައިވާ ތަނަކަށްވާތީ އެތަން އަޅުވެތިކަމުންދޫކޮށް އެތާގެ އަސްލުވަޒަންވެރިންނަށް ދިނުމަށެވެ.

މޮރިޝަސްގައި ދައުލަތެއް އިއުލާން ކުރުމުގެ ކުރިން ޗާގޯސް އަޅުވެތިކޮށްފައިވާތީ އެރަށްތައް މޮރިޝަސްއާއި ހަވާލުކުރެވޭނީ އެތަނަށް ދައުވާކުރާ އެހެންބަޔަކު ތިބިނަމަ އެމައްސަލައެއް ބަލައި ގޮތެއް ނިންމައިގެންކަން އެގެއެވެ،

ރައީސް ސާލިހާއި ބަންޑާރަނާއިބް ރިފްއަތަށް ތަންދޮރު ނުފިލައި އޮތްކަމަކީ ކޮންޓިނެންޓަލްޝެލްފު ކަނޑައަޅަން ދިވެހިރާއްޖެއިން އދއަށް ހުށަހަޅާފައި އޮތީ 200 މޭލުން ބޭރުގެ ސަރަހައްދުކަން ކަމެވެ. 200 މޭލުން ބޭރުގެ ސަރަހައްދު ހޯދަން އދގައި ދައުވާކޮށްފައި އޮތް އޮތުން އެގޮތުގައި ބާއްވާފައި މޮރިޝަސްގެ ތަނަކަށް ޗާގޯސް ހަދަން ތާއީދު ކުރުމުން ނުކުންނަ ނަތީޖާ އެނގިވަޑައިނުގެންނެވިއެވެ.

ދިވެހިރާއްޖެއިން 200 މޭލުގެ ސަރައްހަދު ކަނޑައަޅާފައި އޮތް ބައި މޮރިޝަސްއާއެކު ބަހަން އެއްބަސްވެވަޑައިގެންފައި ކޮންޓިނެންޓަލްޝެލްފު 200 މޭލުން ބޭރަށް ދަންމާނުލެވޭނެކަމީ ބުއްދިއެއް ހުރި އިންސާނަކަށް ސާފުވާނޭ ކަމެކެވެ. ދިވެހިރާއްޖެއިން ކޮންޓިނެންޓަލްޝެލްފު ކަނޑައަޅަން އދއަށް ހުށަހަޅާފައި އޮތް އޮތުން އެއީ ސައްހަ މައްސަލައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ދެކޭނަމަ އެމަނިކުފާނު އެވަނީ ދިވެހިރާއްޖޭގެ ސިޔާދަތު އަމިއްލަފުޅަށް ނަންގަވާ ލައްވާފައެވެ.

މޮރިސަޝްގެ ބޮޑު ވަޒީރާއެކު ރައީސް ޞާލިހް

ދިވެހިގައުމުގެ ސަރަހައްދުގެ ބައެއް ގައުމުން ވަކިކުރުމުގައި އެމަނިކުފާނު އަމަލުކުރައްވާފައިވަނީ ސިއްރިޔާތުގައި ދިވެހިރާއްޖޭގެ ގާނޫން އަސާސީއާއި ޚިލާފަށް ކަމަށް ގަބޫލުކުރަންޖެހެއެވެ. ދިވެހި ގައުމުން ބައެއް ވަކިކޮށް އެހެން ގައުމަކަށް ދިނުމުގެ ކުރިން ދައުލަތުން އަމަލު ކުރަންޖެހޭ އިޖުރާތުތަކެއް ގާނޫން އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. އެއީ އަކީ ރައީސްކަމަށް އަންނަ މީހަކު ހިތަށްއެރީމާ ބަޔަކަށް ދޫކޮށްލާން އަމިއްލަ މުދާގަނޑެއް ނޫނެވެ.

ރައީސް މަނިކުފާނު މިލިޔުއްވި ސިޓީފުޅެއްގައި އޮތް އަނެއް ނުކުތާއަކީ ދިވެހި ރާއްޖެއިން ޗާގޯސްއަކީ މޮރިޝަސްތަކެއްކަމަށް އެއްބަސްވަނީ އިސްތިއުމާރު ކުރުމާ ދެކޮޅު ގައުމަކަށް ރާއްޖެ އޮތްކަން ދެއްކުމުގެ ގޮތުންނެވެ. ބަލަ ދިވެހިރާއްޖެއިން މޮރިޝްސްގެ ސަރަހައްދެއް އިސްތިއުމާރުކޮށްގެން އުޅެނީތޯއެވެ. މޮރިޝަސްއަކީ ޗާގޯސްއާއި އެތައްހާސް ކިލޯމީޓަރެއްގެ ދުރުގައި އޮތް ތަނަކަށްވާއިރު އެގައުމުގެ އިގްތިސާދީ ސަރަހައްދު 200 މޭލަށް ދަމާލިއަސް ޗާގޯސް އޮތީ އަދިވެސް އެތައް ސަތޭކަ ކިލޯމީޓަރެއްގެ ދުރުގައި ދިވެހިރާއްޖެއާ ގާތުގައެވެ.

މޮރިޝަސް ތަނެކޭ ރިޔުނިއަންގެ ތަނެކޭ ސީޝަލްސްގެ ތަނެކޭ ދުރުމިނުގެ ގޮތުން ވަކި ތަފާތެއް ނެތެވެ. ތަފާތަކީ ޗާގޯސްގައި އަޅު މަސައްކަތުގައި ގެންގުޅުނު މީހުން އެތަނުން ބާލައިގެން އެކިގައުމުތަކަށް ގެންގޮސް ވިއްސިވިހާލި ކޮށްލިއިރު އެއްބަޔަކު މޮރިޝަސްއަށް ގެންދިޔަ ކަމެވެ. އެހިސާބުން މޮރިޝަސްތަނަކަށް ޗާގޯސް ރައްތައް ވާންޖެހޭ ކަމަށް ގަބޫލު ކުރެވެންޏާ އެއޮތީ ވެފައެވެ. ދިވެހިރާއްޖެއިން މޮރިޝަސްގެ ސަރަހައްދެއް އިސްތިއުމާރުކޮށްގެން އުޅެނީ ކަމަށް ގަބޫލު ކުރެވެންޏާ ކުރެވެންވީއެވެ.

ކޮންމެއަކަސް ސޯލިހް ސިއްރު ކުރެއްވި ސިޓީފުޅު ވެރިކަމުން ފައިބައިގެން ދިޔައިރުވެސް ރަސްމީކޮށް ސިއްރު ކުރައްވައިގެން ހުންނެވި ސަބަބަކީ ހެއްދެވިފައިވާ ގޯސްގެ ބޮޑުކަމެވެ. ހައިރާންވި ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރާއެކު އެކަހެރި މީޓިންގެއް ބާއްވާފައި އެސިޓީފުޅު ދައްކަވާފައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައްކަވަން ކެރިވަޑައި ނުގަތްކަމެވެ.

އެމަނިކުފާނުގެ ފަހުނޭވާފުޅުގައި ރައީސް އޮފީހުގެތެރެއިން ބަޔަކު ވަގަށް ސިޓީފުޅު ލީކް ކުރެއްވީ ޑެމޭޖް ކުޑަކުރެއްވިދާނެ ކަމުގެ އުއްމީދުގައެވެ. އެކަމަކު އެކަމެއް ނުވިއެވެ. ހިތާމައަކީ ރޯމާދުވާލުފަދައިން އަދި ދެކުނުގެ ހަތަރު އަތޮޅުގެ ބަޣާވާތް ފަދައިން ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލާފައިވާ ކަން އެގޭއިރުވެސް އެކަމަށް ތާއީދުކުރާ ދިވެހިން ތަކެއް ތިބޭކަމެވެ.

ކޮމެންޓް
އާދަނު123
ރާއްޖެއިން ޗާގޯސްއަސް ކްލޭމް ކުރަންޖެހޭ ރާއްޖޭގެ ތާރީހީ ފަތްފުށްތަކުން އެއީ ރާއްޖޭގެ ރަށްތަކެއްކަން ފެންނަން އެބައޮތް
27 Dec 2023
ހަަސަން
މިހާރު ވެރިކަމުގަ ތިބިމީހުން ތި ސިޓީ ހާމަކުތުމަށް ގޮވާލަން
27 Dec 2023
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ