އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ: އާރްޑީސީ
ހަބަރު
27 Dec 2023 | 11:24
އަމީނިމާގު ނިމުމާއެކު ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: އާރޑީސީ

ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ އަމީނީ މަގުގެ މަސައްކަތް ނިމުމާއެކު، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ޖުމުލަ ހައްލެއް ލިބިގެންދާނެ ކަމުގައި އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރޑީސީ)ން ބުނެއްޖެއެވެ. 

އަމީނީމަގުގެ ފަހު ފިޔަވަހީގެ މަސައްކަތާއި ގުޅުންހުރި ފަހުގެ އަދާހަމަ ހިއްސާކޮށް އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ މަސައްކަތުގެ ދަށުން މިހާރު ބެހެއްޓިފައި ހުރި ސްޓޯރމް ވޯޓަރ ޕަމްޕްތައް އަޕްގްރޭޑް ކުރެވިގެންދިއުމަކީ އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމެއްކަމުގައެވެ. 

މީގެ އިތުރުން އާރޑީސީން ބުނެފައިވަނީ، އަމީނީމަގުގައި މިވަގުތު ކުރިއަށް ދަނީ ކާރބް ސްޓޯން ޖެހުމާއި ނަރުދަމާ އައުޓް ފޯލް ހޮޅި އެޅުމުގެ މަސައްކަތުގެ އިތުރުން ދުވާރުގެ މަސައްކަތްކަމަށެވެ. 

އަމީނީމަގުގެ ފަހު ފިޔަވަހި ފިޔަވައި އެހެން ފިޔަވަހި ތަކުގެ މަސައްކަތް ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ނަމަވެސް ފަހު ފިޔަވަހީގެ މަސައްކަތާއި ހަމައިން އެ މަޝްރޫޢު ވަނީ މެދުކެނޑިފައެވެ. 

އެހެންނަމަވެސް ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމީނީ މަގުގެ ފަހު ފިޔަވަހީގެ މަސައްކަތް ފަށައިގެން ވަނީ ކުރިއަށް ގެންދަން ފަށައިފައެވެ. އެގޮތުން އެ މަޝްރޫޢު 50 ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއްކަމުގައި މަސައްކަތުގެ ކޮންޓްރެކްޓަރ އާރޑީސީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.