ޝެއިޚް އަހުމަދު ސަމީރު-- ފޮޓޯ/ދާރިސް ޓީވީ
ހަބަރު
27 Dec 2023 | 12:19
ސުކޫތު ގެނައުމަކީ ކާފަރުންގެ ވައްޓަފާޅީގައި ހިމެނޭ ކަމެއް؛ އެކަން ހުއްދައެއް ނުވާނެ: ޝެއިޚް ސަމީރު

އެކި މުނާސަބަތާއި ގުޅުވައި ހަމަހިމޭންކަމުގެ ސުކޫންތު ގެނައުމަކީ ކާފަރުންގެ ވައްޓަފާޅި އެއް ކަމަށް، އެކަން މުސްލިމުންނަށް ހުއްދަ ވެގެން ނުވާނެ ކަމަށް، ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

ރޭ "ދާރިސް" ޓީވީ އިން ގެނެސްދިން ޢިލްމީ ޚަޒާނާ ޕްރޮގްރާމްގައި އެހުންތެރިއަކު އެކަމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝެއިޚް ސަމީރު ވިދާޅުވީ، ސުކޫތު ގެނައުމަކީ އިސްލާމްދީނުގެ އެއްވެސް ޝިޢާރަކާއި ގުޅިގެން ކުރަން ވާރިދުވެފައިވާ ކަމެއް ނޫން ކަމަށެވެ. 

އަދި އެފަދައިން ވަކި ކަމަކަށް ހުއްޓި ހުރުމަކީ ޣައިރު މުސްލިމުންގެ ސަގާފަތުގައި ހިމެނޭ ކަމެއް ކަމަށާ، އެއީ އިސްލާމްދީނުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ސަމީރު ވިދާޅުވި އެވެ. 

ސުކޫތު ގެނައުމަކީ ހުއްދަ ކަމެއް ނޫން. އެއީ ސުކޫތަކީ އަޅުގަނޑުމެންގެ، އިސްލާމްދީނުގެ އެއްވެސް ޝިއާރެއްގެ ތެރޭގައި، ހިތާމައަކާއި ހިތްދަތި ކަމަކާ، އެއްވެސް ކަމަކާ ގުޅިގެން ކުރުން ވާރިދުވެފައި އޮންނަ ކަމެއް ނޫން. އަދި އެއީ ވަކި ކަމަކަށް މީގާ ހުއްޓި، މަޑު މޮޅިވެ، ހަމަހިމޭންވެ، އެގޮތަށް ހުރުމަކީ އަޅުގަނޑުމެންގެ އިސްލާމްދީނުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އަދި ކިއެއްތޯ، ޣައިރު މުސްލިމުންގެ، ޔަހޫދީންނާ ނަޞާރާއިންގެ ވައްޓަފާޅީގެ ތެރޭގައި ހިމެނޭ ކަމެއް. 

އައްޝެއިޚް އަހުމަދު ސަމީރު 

ޝެއިޚް ސަމީރު އިތުރަށް ވިދާޅުވީ، ސުކޫންތު ގެނައުމަކީ އޭގައި އެއްވެސް ފައިދާއެއް ނެތް، ބޭކާރު ކަމެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގެ، ހުރިހާ ދީނެއްގެ މީހުންނަށް ބައިވެރިވެވޭނެ "ރޫހާނީ" ކަމެއް ކަމަށް ބެލެވޭ ކަމަށް ޝެއިޚް ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑަށް ބެލެވޭ ގޮތުގައި، އެއްވެސް ހާލެއްގައި، އެއްވެސް ކަމަކާއި ގުޅިގެން، އެންމެން އެކުވެގެން ތިބެ ސުކޫންތު ގެނައުމަކީ އެއީ ދީނީ ގޮތުން ކޮށްގެން ވާނެ ކަމެއް ނޫން

އައްޝެއިޚް އަހުމަދު ސަމީރު 

ޝެއިޚް މިފަދައިން ވިދާޅުވެފައި ވާއިރު، ސުކޫންތު ގެނައުމަކީ ދިވެހިރާއްޖޭގައިވެސް ކުރަމުން އަންނަ ކަމެއް ކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް ޑިސެންބަރ 26 ގައި އަންނަ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރާއިރު، 2004 ވަނަ އަހަރުގެ އެ ދުވަހުގައި ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާން ކުރުމަށް ކަމަށް ބުނެ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން އެކަން ކުރެއެވެ. 

އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް، މެންބަރުން ދުނިޔެ ދޫކުރުމާއި، އެނޫންވެސް ދިމާވާ ބައެއް ހިތާމަ ތަކާއި ގުޅުވައިގެން ސުކޫންތު ގެނެސް އުޅެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.