ޓޮމް ފޯމު ހުށަހަޅުއްވަނީ-- ފޮޓޯ/ޓުވީޓާ
ހަބަރު
27 Dec 2023 | 14:43
އެފްއޭއެމްގެ ރައީސް ކަމަށް ޠާރިގު ވާދަކުރައްވަނީ, ނައިބަކަށް ޢިމްރާން އާއި ޝާފިޢު

އެފްއޭއެމުން އިއުލާންކޮށްފައިވާ އެ އެސޯސިއޭޝަން އިންތިޚާބުގައި, އެ އެސޯސިއޭޝަންގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވާދަ ކުރައްވަން ނިންމަވައިފި އެވެ. 

މިއީ އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ވާދަކުރައްވާ ތިން ވަނަ ފަހަރެވެ. ތޯރިގު ފޯމު ހުށައެޅުއްވީ އެއްވަނަ ޑިވިޒަންގެ ތިން ޓީމު ކަމަށްވާ މާޒިޔާ އާއި ވެލެންސިއާ އަދި ޓީސީގެ ރުހުމާ އެކުގަ އެވެ.

މިކަމާއި ގުޅިގެން ޠާރިގު ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވަނީ، އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް މިހާރު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. 

ޓޮމް ވަނީ އޭނާ ހުށަހަޅުއްވާ އެ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީ އެކުލަވާލައްވާނެ ގޮތްވެސް އެ ޕޯސްޓުގައި ހާމަ ކުރައްވާފައެވެ. 

އެގޮތުން، ނައިބު ރައީސުންގެ ގޮތުގައި ހިމެނެނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ޓޮމް އާއި ދެބެންގެ ދެދަރި ބޭބެ ކަމަށްވާ އިމްރާން މުހައްމަދު އާއި މާޒިޔާގެ ހުސެއިން ޝާފިއު އެވެ.

މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ދިގު މުއްދަތެއްގައި ކުރެއްވި އަބްދުލްހަމީދު އަބްދުލް ޤަފޫރާއި، ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުންނާއި އެފްއޭއެމްގެ ފުރަތަމަ އިންތިހާބުގެ ކުރިން އެ އިދާރާ ހިންގި އިންޓަރިމް ކޮމިޓީގެ ރައީސްކަން ކުރައްވައިފައިވާ އަހުމަދު ޝާހިރު ހިމެނެއެވެ. 

މީގެ އިތުރުން، މަހިބަދޫ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ޓޮމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ޢުލާ އިބްރާހީމް އާއި، ޓީސީގެ މުހައްމަދު މިފްތާހު އާއި އަލީ ރިޒްވާން އަދި އަބްދުالله ނާސިހް ވެސް ހިމެނެއެވެ. 

އެފްއޭއެމްގެ އާ އިންތިހާބު 31 ޖެނުއަރީ 2024ގައި ބާއްވަން ހަމަޖައްސައި، ވާދަކުރަން ބޭނުން މީހުންނަށް ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ މެންދުރު ފަހު 2:00އާ ހަމައަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.