ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ވޮއިސް
ހަބަރު
28 Dec 2023 | 23:12
މިސަރުކާރާއި އެއްކޮޅަށް ފާޅުގައި ނުކުންނަވަން ކެރިވަޑައި ނުގަންވާ ބައެއް މެމްބަރުން މަޖިލިހުގައި އެބަތިއްބެވި: ރައީސް މުޢިއްޒު

މިވަގުތު ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަތުގައި އޮތް ނަމަވެސް އޭގެ ތެރޭގައި ތިއްބެވި ބައެއް މެމްބަރުންނަކީ އަދުގެ ރައީސުލް ޖުމުހޫރިއްޔާއަށް ތާޢިދުކުރައްވާ ބޭފުޅުންކަމަށާއި، ނަމަވެސް މި ސަރުކާރާއި އެއްކޮޅަށް ސީދާ ނުކުންނެވުމަށް ކެރިވަޑައި ނުގަންވާ ބޭފުޅުންކަމަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފަދައިން އެމަނިކުފާނު ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަރުބާރުގޭގައި މިރޭ ބޭއްވި ބޮޑު ޖަލަސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރެއްވި 13 މެންބަރަކު ވަނީ ވެރިކަންކުރާ ޕާރޓީ ޕީއެންސީއާ މިރޭ ގުޅިވަޑައި ގަންނަވައިފައެވެ.

މި 13 މެމްބަރުންގެ މެމްބަރޝިޕް ފޯމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިސަރުކާރަށް ތާއީދުކުރި ނަމަވެސް ފާޅުގައި ނުކުންނަވަން ކެރިވަޑައިނުގަންނަވާ އެމްޑީޕީ ބައެއް މެންބަރުން އަދިވެސް މަޖިލިހުގައި އެބަތިއްބެވި ކަމަށެވެ.

މިކަން ފާހަގަކުރައްވާ ރައީސް ވަނީ އެފަދަ މެމްބަރުންނަށް ދަޢުވަތެއްވެސް ދެއްވާފައެވެ.

"އަޅުގަނޑު ޔަޤީންކުރަނީ ތިބޭފުޅުން ނިންމެވި ނިންމެވުމާއި އެކީގައި ހިތްވަރު ލިބިގެން އަދިވެސް ގިނަ މަޖިލިސް މެންބަރުން މި ސަފަށް، ޤައުމީ ސަފަށް އަރުއްވާނެ ކަމަށް." 

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސްވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަކުރާރުކުރައްވާ އެކަންތައްތައް ހާސިލްކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ވިދާޅުވެދެއްވާފައެވެ. އަދި މިރޭ ޕީއެންސީ އާއި އަލަށް ގުޅިވަޑައިގެންނެވި އިއްޒަތްތެރި މެމްބަރުންނާއިއެކު އާހިތްވަރެއްލިބި އުންމީދު އާވެގެން ހިގައްޖެކަމަށް ވިދާޅުވެފައެވެ.

"ރާއްޖޭގެ މަންޒަރު އަޅުގަނޑުމެންގެ ހިތުގައި ކުރަހާފައިވާ ގޮތަށް ހަޤީގަތަކަށް ހެދުމުގައި ކުރިޔަށް ދިޔުމުގައި އަޅުގަނޑުމެން ހުރިހާ އެންމެން މިކުރާ މަސައްކަތުގައި މިއަދު މިއާދެވުނީ ވަރަށްވެސް މުހިންމު ހިސާބަކަށް. ވަރަށް މުހިންމު ފެށުމަކުން މިފެށެނީ." 

ވަރަށް ޖޯޝާއި ފޯރީގައި ރައީސް ވިދާޅުވިއެވެ.

މިރޭ އެމްޑީޕީ ދޫކުރައްވާ 13 މެމްބަރަކު ޕީއެންސީ އާއި ގުޅުމާއިއެކު އެމްޑީޕީއަށް އެކަނި މިޖިލިހުން ރައީސް އަޒުލްކުރުމުގެ ބާރު ކެނޑިގެންދިޔައީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.