ފިޝަރީޒް މިނިސްޓަރު، އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް-- ފޮޓޯ/ޕީއެންސީ
ހަބަރު
29 Dec 2023 | 10:34
އަޅުގަނޑުމެންނަށް ދިވެހީންގެ ރާއްޖެއަށް މި ދެވުނީ މީގެ ކުރީން ފިނި ކޮޓަރީގައި ނުތިބީމަ: ޝިޔާމް

ދިވެހީންގެ ރާއްޖެއަށް ވާސިލް ވުމަށް ކުރެއްވީ އުނދަގޫ ދަތުރުފުޅެއް ކަމަށާޒ އެ ދަތުރު ކުރެއްވި އިރު، ތިއްބޭވީ ފިނި ކޮޓަރީގައި ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 13 މެންބަރުން ޕީއެންސީއަށް ސޮއި ކުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ 2018 ވަނަ އަހަރުގައި ޕީޕީއެމްގެ ވެރިކަން ނިމުމަށްފަހު ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވީ ވަރަށް އުނދަގޫ ދުވަސްތަކަކާ ކަމަށެވެ.

އަދި އެ ކުރިމަތި ދަތި އުނދަގޫ ތަކާއިއެކު ދިވެހީންގެރާއްޖެއަށް ދަތުރު ފެއްޓެވީ ވަރަށް މަދު މެންބަރުންނާއި އެކުކަންވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

އަޅުގަނޑުމެންނަށް އެނގޭ ޤައުމު ޙާލަތު އޮތްގޮތް. ގައުމުގެ މިސްރާބު އޮތް ގޮތް. އެނގޭތީވެ ގައުމުގެ ހައްގުގައި އެދުވަހު ހަތަރު ފަސް ރައްޔިތުންނާ އެކީގައި އެ މަސައްކަތް އަޅުގަނޑުމެން ކުރީ. އަޅުގަނޑުމެން ތިބީ އެ މަސައްކަތް ކުރަން ފިނި ކޮޓަރިއަކު ނޫން. އަޅުގަނޑުމެން އެ މަސައްކަތްތައް ކުރީ މަގުމަތީގައި އަޅުގަނޑުމެންގެ ބޭބޭފުޅުން އެ މަސައްކަތް ކުރީމާ ޖަލަށްލީ. ފިނި ކޮޓަރިއަކު ނޫން އަޅުގަނޑުމެން ތިބީ. ފިނި ކޮޓަރީގައި ނުތިބީމާ މިއަދު އިރާދަކުރެއްވީތީ ދިވެހީންގެ ރާއްޖެއަށް ދިވެހީންނާއެކީގައި މިއަދު އާދެވިފައި މިތިބީ. 

މިނިސްޓަރު އަހުމަދު ޝިޔާމް

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއިއެކު ދިވެހީންގެރާއްޖެ އަށް އާދެވިފައިވާއިރު، އެމަނިކުފާނު ގެންގުޅުއްވަނީ ހިތްތިރިކަމުގެ ސިޔާސަތުކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ތަފާތު ފިކުރުތަކުގެ ބޭފުޅުންނަށްވެސް ޖާގަ ދެއްވައިގެން ކަމަށް ވިދާޅުވި އެވެ. 

ޝިޔާމް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން ފަށްޓަވާފައި ވަނީ އުނދަގޫ ބުރަ މަސައްކަތެއް ކަމަށާއި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރައްވާ އެ މަސައްކަތްޕުޅުގެ އެމަނިކުފާނުގެ ފަހަތުގައި ހުންނަވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.