ފުށިދިއްގަރުފަޅު ހިއްކަނީ ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވަ ކުންފުންޏަކަުން / ފޮޓޯ:ވޮއިސް
ރިޕޯޓް
30 Dec 2023 | 16:05
ފުށި ދިއްގަރުފަޅު ހިއްކާ ކުންފުނި - މިއީ ކޮންބައެއް؟

ފުށިދިއްގަރުފަޅު ހިއްކާ ކުންފުނި މިއީ އެއްވެސް ހާލެއްގައި ރާއްޖެއަށް އާބައެއް ނޫނެވެ. ރާއްޖޭގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތަކުގައި ނުހަނު ބޮޑު ހިއްސާއެއްވެފައިވާ އަދި މިހާރުވެސް ވަމުން ގެންދާ ކުންފުންޏެކެވެ.  

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ތަރައްޤީކުރަން ފެށި ފުށިދިއްގަރުފަޅުގެ ހިއްކުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަކީ 1998 ން ފެށިގެން ރާއްޖޭގެ ތަރައްޤީގެ ތަފާތު މަޝްޜޫއު ތަކުގައި ބޮޑުހިއްސާއެއް ވަމުންނެވެ.

މިގޮތުން ރައީސް މަޢުމޫނު ޢަބުދުލް ޤައްޔޫމުގެ ވެރިކަމުގައި 1998 ވަނަ އަހަރު ކުރިއަށް ގެންދެވުނު އައްޑޫ ހިތަދޫގައި ޤާއިމު ކުރެވުނު ސަރަޙައްދީ ބަނދަރު ހެދުމުގެ މަޝްރޫޢުއަކީ ބޮސްކާލިސް އާއި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) ގުޅިގެން ހިންގުނު ކާމިޔާބު މަޝްރޫޢުއެކެވެ.

ރާއްޖެއަށާއި މުޅި ދުނިޔެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ސުންނާފަތިވެ ހަލާކުވެގެން ދިޔަ ތ. ތިމަރަފުށި އަލުން އާރާސްތުކޮށް ބިނާކުރުމުގެ މަސައްކަތްވެސް ފުރިހަމަކޮށްފައި ވަނީ ފުށިދިއްގަރުފަޅުގެ ހިއްކުމުގެ ކޮންޓްރެކްޓް ހަވާލުކޮށް ފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ބޮސްކާލިސް ކުންފުނި ގުޅިގެންނެވެ.  

ރައީސުލް ޖުމުހުރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ގއ. ވިލިގިލީގައި ހިންގުނު ގިނަ މަޝްރޫއު ތަކެއްވެސް ހިންގާފައިވަނީ ހަމަ ފުށިދިއްގަރުފަޅުގެ ހިއްކުމުގެ ކޮންޓްރެކްޓް ހަވާލުކޮށް ފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) ފަރާތުންނެވެ.

2008 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމުހުރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމުގެ ވެރިކަން ނިމި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގަން ފެށުނު އެންމެ ބޮޑު ބިޔަ މަޝްރޫޢުތައް ކަމަށްވާ ގުޅީފަޅު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ސީއެމްސީގެ ފަރާތުންނެވެ. އެގޮތުން ގުޅީ ފަޅުގައި ބަނދަރު ހެދުމާއި، ފިއުލް ސްޓޯރޭޖް ހެދުމާއި އަދި ،ގުދަން ފަދަ ތަންތަން ހެދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ރައީސް ނަޝީދު ސަރުކާރުން ސީއެމްސީއަށް ހަވާލުކުރެވިގެން ހިއްކަންފެށި ގުޅިފަޅު

މިއާއި އެކު 2010 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުން އެއްވެސް ޚަރަދެއް ނުކޮށް 50 އަހަރަށް ކުއްޔަށް ބިމެއް ލިބޭގޮތަށް ގުޅިފަޅުގައި މީހުން އާބާދު ކުރެވޭގޮތައް ބިންހިއްކުމުގެ މަސައްކަތްވެސް ފަށާފައިވަނީ މި ސަރުކާރުގެ ފަރާތުން ފުށިދިއްގަރުފަޅުގެ ހިއްކުމުގެ ކޮންޓްރެކްޓް ހަވާލުކޮށް ފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ބޮސްކާލިސް ގުޅިގެންނެވެ.

މި ހުރިހާ މަސައްކަތް ތަކެއްގެ އިތުރުން 2014 ވަނަ އަހަރުންފެށިގެން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ބޮސްކާލިސް ގުޅިގެން ރާއްޖޭގެ ރަށްގިރުމުގެ މައްސަލަ އާއި ރަށުގައި މީހުން ދިރިއުޅޭނެ ޖާގަ ނެތުމުގެ މައްސަލަ ހައްލުކޮށް ދިނުމަށްޓަކައި ރަށްރަށުގެ ބިން ހިއްކައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް އަންނަނީ ވަރަށް ފުޅާ ދާޢިރާއެއްގައި ކުރަމުންނެވެ.

މިގޮތުން މިކުންފުނިން ބިންހިއްކާ ރިވެޓްމަންޓް ޖަހާފައިވާ ރަށްތަކަށް ބަލާއިރު ، ހދ. ކުޅުދުއްފުށީ، ރ. މީދޫ، ރ.އަލިފުށި , ހއ. ދިއްދޫ، ޅ.ހިންނަވަރު، ކ. ތުލުސްދޫ ހިމެނެއެވެ. މި ކުންފުނީގެ ފަރާތުން އޭރު އެމަސައްކަތްތައް ކުރަމުން ދިޔައިރު ރާއްޖޭގެ އެއްވެސް ކުންފުންޏެއްގައި މިފަދަ މަސައްކަތްތައް ކުރުމުގެ ޤާބިލްކަމެއް ލިބިފައެއް ނުވެއެވެ.

2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް މި ކުންފުނީގެ ފަރާތުން ކާމިޔަބުކަމާއިއެކު ހިންގާފައިވާ މަސައްކަތްތަކަށް ބަލާއިރު ދ. ކުޑަހުވަދޫ ބިންހިއްކާ ރިވެޓްމަންޓު ޖެހުމާއި، ގުޅިފަޅުހިއްކާ ރިވެޓްމަންޓު ޖެހުމާއި އަދި 2022 ވަނަ އަހަރު ނިންމި ތިލަފުށި ފޭސް 2 ގެ (އޭރިޔާ ސީ) ނިންމުން ހިމެނެއެވެ. 

ރައީސް ޞާލިހް ސަރުކާރުން ސީއެމްސީއަށް ހަވާލުކުރެވިގެން ހިއްކަންފެށި ތިލަފުށި ފޭސް 2 ގެ (އޭރިޔާ ސީ)

ނިމިދިޔަ ރައީސް އިބްރާޙިމް މުޙައްމަދު ޝާލިޙުގެ ސަރުކާރުން ހިންގި އެންމެ ބިޔަ އެންމެ ވަރުގަދަ މަޝްރޫޢުތައް ވެސް ހިންގާފައިވަނީ ހަމަ ފުށިދިއްގަރުފަޅުގެ ހިއްކުމުގެ ކޮންޓްރެކްޓް ހަވާލުކޮށް ފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ބޮސްކާލިސް ގުޅިގެންނެވެ.

ރައީސް ޞާލިހް ސަރުކާރުން ސީއެމްސީއަށް ހަވާލުކުރެވިގެން ހިއްކަންފެށި ހުޅުމާލެ ފޭސް 3

އޭގެތެރޭގައި ނިމިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ ހުޅުމާލެ ފޭސް 3 ގެ މަޝްރޫޢު އާއި ގުޅިފަޅު ޕްރޮޖެކްޓާއި އަދި ގިރާވަރުފަޅު ޕްރޮޖެކްޓުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

މިހާރު މި ކުންފުނީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ބަލާއިރު މިވަގުތައް ރާއްޖޭގައި ކުރިއަށް ގެންދެވޭ ބޯހިޔާވަހިކަމާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ހިމެނެއެވެ.

ރައީސް ޞާލިހް ސަރުކާރުން ސީއެމްސީއަށް ހަވާލުކުރެވިގެން ހިއްކަންފެށި ގިރާވަރު

އޭގެ ތެރޭގައި ގުޅިފަޅު މަޝްރޫއު އާއި ގިރާވަރު ފަޅު މަޝްރޫޢުގެ އިތުރުން އެންމެފަހުން މި ސަރުކާރުގެ ފަރާތުން ފެއްޓެވި "ރަސްމާލެ " ޕްރޮޖެކްޓް ނުވަތަ ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއު ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.