ހުޅުމާޅެ ސެންޓަރަލް ޕާކު: މިއަދު އެތަނުގައި ބާއްވަން ނިންމާފައިވާ ކުޑަކުދިންގެ ހަވީރު ވަނީ ކެންސަލް ކޮށްފައި.--
ހަބަރު
31 Dec 2023 | 10:31
އާ އަހަރާއީ ގުޅިގެން ބާއްވަން ހަމަޖެހުނު ކުޑަކުދީންގެ ހަވީރު ވެސް ކެންސަލް!

އާ އަހަރު ފާހަގަ ކުރުމަށް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހުނު ކުޑަކުދީންގެ ހަވީރު ވެސް ކެންސަލް ކޮށްފި އެވެ.

އާ އަހަރާއި ދިމާކޮށް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ނަމުގައި ބޮޑު ފެސްޓިވަލެއް ބާއްވައި، އެ ފެސްޓިވަލް ގެ ތެރެއިން މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާކަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިޢުލާން ކޮށްފައެވެ. 

ނަމަވެސް މިއަދު ޔޫތު މިނިސްޓްރީން ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން އެ ހަވީރުވެސް ނޯންނާނެ ކަން އިއުލާން ކޮށްފައެވެ. އަދި އެ ހަވީރު ފަހުން ބާއްވާނެ ކަމަށްވެސް ބުނެފައެއް ނުވެއެވެ. 

"ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ގެ ތެރެއިން މިރޭ މިޔުޒިކް ޝޯވް އަކާއި ހަވާ އެރުވުން ވެސް ބޭއްވުމަށް ހަމަޖެހުނެވެ. 

ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ދެ ހަރަކާތްވެސް ފަސްކުރަން ނިންމާފައިވާކަން ނިމިދިޔަ ހުކުރު ދުވަހު ޔޫތު މިނިސްޓްރީން ވަނީ ޢިއުލާން ކޮށްފައެވެ. 

އެގޮތުން އެ ހަރަކާތް ކެންސަލް ކުރަމުން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ޝައުގުވެރިކަން އޮތް ކަމަށާ ނަމަވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައިވާތީ ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން ރޭގަނޑުގެ ހަރަކާތްތައް ފަސްކޮށްފައިވާ ކަަމަށެވެ.

އަދި މޫސުން ރަނގަޅުވުމުން ފެސްޓިވަލް ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.