ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
31 Dec 2023 | 13:50
އަމާޒަކީ އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުން؛ އައު މާކެޓްތައް ހޯދާނަން: ފައިސަލް

ފަތުރުވެރިކަމުގެ އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރޮއަށް އޮތް އަހަރުގައި ކުރުމަށް ރޭވިފައިވާ ކަންކަމަށް އަލި އަޅުވާ ލައްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، އެންމެ މުހިންމު ކަމެއްގެ ގޮތަށް ކުރުމަށް ރޭވިފައިވާ ކަމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރު ކުރުން ކަމަށެވެ. 

އަދި އެކަމަށްޓަކައި އެންމެ މުހިންމު މަސައްކަތެއް ކުރެވެނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކަމަށްވާއިރު، އެމްއެމްޕީއާރުސީ އާއިއެކުވެސް ބައްދަލުވުންތައް ބޭއްވި މަޝްވަރާތައް ކުރެވިފައިވާ ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ. 

އެގޮތުން, ކުރެވުނު މަޝްވަރާގެ ތެރެއިން އައު މާކެޓްތައް ހޯދައި، އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން ފޯކަސް މިކުރަނީ، އެގްޒިސްޓިން މާކެޓްތައް އިތުރަށް ފުޅާ ކުރެވޭނީ ކޮން ގޮތަކަށްތޯ؟ އެގޮތުން ރަޝިއަން މާކެޓަކީ ރާއްޖޭގެ ލީޑިން މާކެޓް. އެހެންވީމާ ވަރަށް ބޮޑަށް ރަޝިއަން މާކެޓަށް ފޯކަސް ކޮށްގެން ވަރުގަދަ މަސައްކަތް ކުރާނަން. އަދި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދައި، ނިޔު މާކެޓްސް އެކްސްޕްލޯ ކޮށްގެން 2024 ވަނަ އަހަރު އަޅުގަނޑުމެންގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން އެހެންވީމާ އިތުރު މާކެޓްތައްވެސް އަޅުގަނޑުމެން ހޯދަންޖެހޭ. 

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް 

ފައިސަލް އިތުރަށް ވިދާޅުވީ، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރްސީގެ ބަޖެޓު އިތުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އިތުރު މާކެޓުތަކަށް ރާއްޖެ އިސްތިހާރު ކުރެވޭނީ ބަޖެޓު އިތުރުކޮށްގެން ކަމަށެވެ. އަދި އެމްއެމްޕީއާރްސީއާ ގުޅިގެން އިތުރު މާކެޓުތަކަށް ވާސިލުވެ، ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަ އަހަރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.