ދެ ނަރުހުން--
ހަބަރު
02 Jan 2024 | 14:40
ރިޓަޔާ ކޮށްފައިވާ ސިއްޙީ ޚިދުމަތްތެރިންނަށް ކޮންޓްރެކްޓް އަށް މަސަކުރެވޭގޮތް ހަދަނީ!

އުމުުރުން 55 އަހަރުވެފައިވާ ނުވަތަ މަސައްކަތުން ރިޓަޔާ ކޮށްފައިވާ މީހުންގެ ތެރެއިން ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާ ގޮތުން ގާބިލް މީހުން ވަޒީފާގެ މާހައުލަށް ނެރުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ އުސޫލެ އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ. 

ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު ކެބިނެޓްގެ ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމަށް މި ކަން ހުށަހެޅުއްވީ ހެލްތު މިނިސްޓްރީންނެވެ. 

މި ކަރުދާހުގައި ހުށަހެޅިފައިވާ ކަންކަމާއި އެކަމާއި ގުޅިގެން ކުރެވުނު މަޝްވަރާއާއި ނިންމުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވީ، އެކިއެކި ސަބަބު ތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޚާއްސަ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން، އަނބުރާ ޚިދުމަތަށް ނުކުތުމަށް ބޭނުންވާ ފަރާތްތަކަށް މިހާރުން މިހާރަށްވެސް އެ ފުރުސަތު ފަހި ކޮށްދިނުމަށް، ޚާއްސަ ސްކީމެއްގެ ދަށުން، ސިއްހީ ދާއިރާއަށް ޚާއްސަ، އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

މީގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 8 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންނަށް، ފްލެކްސިބަލް ވޯކިން އާވާސް ތައާރަފުކޮށް،  ވަގުތަށް ބަލާ ދޭނެ އުޖޫރައެއް ކަނޑައަޅާ ސިވިލްސަރވިސްގެ ޤަވާޢިދުގެތެރެއިން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވަން ވެސް ވަނީ ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

މިއާއެކު، އުމުުރުން 55 އަހަރުވެފައިވާ ނުވަތަ މަސައްކަތުން ރިޓަޔާ ކޮށްފައިވާ މީހުންގެ ތެރެއިން ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާ ގޮތުން ގާބިލް މީހަކަށް ވާނަމަ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ އުސޫލެއް އެކުލަވާލަން ވެސް ނިންމާފައިވާ ކަމަށް ނާޘިމް ވަނީ ވިދާޅުވެފަ އެވެ.

ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާ އެ ނޫން މުހިންމު ބައެއް ދާއިރާތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި "ހަފްތާ14" ނިމެންވާ އިރަށް އެކަމާއި ގުޅޭ އުސޫލު އެކުލަވާލާ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.