ސިޓީ އާއި ވަގުފް އިމާރާތް އިފްތިތާހު ކުރުން-- ފޮޓޯ/މިނިސްޓްރީ
ހަބަރު
05 Jan 2024 | 11:28
ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފި؛ އެންމެ ބޮޑު ވަޤުފް ޢިމާރާތް އަޅާނީ ހުޅުމާލޭގައި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޤުފް މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތަށް ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފިއެވެ.

ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ. ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކޮށްފައިވަނީ އިއްޔެ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢު ހިންގާނެ ގޮތުގެ ތަފްސީލްވެސް ވަނީ ހިއްސާ ކުރެވިގެން ގޮސްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ، މި ވުޒާރާގެ ދަށުން ކުރެވޭ ކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި، އެހެން ވުޒާރާތަކާއި ގުޅިގެން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ހާސިލް ކުރުމަށްޓައި ވަޒީރު އާދަމް ޝަރީފް ދެއްވާ ލަފާ ބަލައިގަނެ، ބަހައްޓަވާ ގާތްކަން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

މިއާއެކު ޝަހީމް ވިދާޅުވީ، ވަޤުފަކީ ޚިލާފަތުގެ ދުވަސްވަރުން ފެށިގެން މިއަދާހަމައަށްވެސް އިސްލާމީ ދައުލަތްތަކުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތެއްކަމަށެވެ. އޭގެ ސަބަބުން ދީނުގެ ކަންކަމަށް ޚަރަދުކޮށް ރައްޔިތުންގެ ކުރިއެރުމަށް ހޭދަކުރުމަށް ދައުލަތްތަކަށް ފައިސާ ލިބި އޭގެ ސަބަބުން ރަނގަޅު ނަތީޖާ ނުކުންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތުން މާލޭގައި މިހާރު ހުރި ވަޤުފް ޢިމާރާތް، ދާރުލް އިމާންއިން އަހަރަކު ގާތްގަނޑަކަށް 6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭއިރު އެއީ މިސްކިތްތަކުގެ އާބާތުރަފިލުވުމަށާއި ތަރައްޤީއަށް އެއްކުރެވޭ ފައިސާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދާރުލް އިމާންއިން އަހަރަކު އެވަރަށް ލިބޭއިރު އޭގެ ދެތިން ޢިމާރާތް ތަރައްޤީކުރެވިއްޖެނަމަ، މިސްކިތްތައް ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުވެގެންދާނެ. އެހެންކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ހުޅުމާލޭގައި ތަރައްޤީކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމްގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވަނީ، މިފަދަ ކަންކަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރައްވާ އެމަނިކުފާނަށް ތަޢުރީފް ކުރައްވައިފައެވެ. މި ފެށިގެންދާ މަޝްރޫޢުއަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.