ލޯތަކުގެ ފިނިކަން ވޯކްޝޮޕް ތެރެއިން--ފޮޓޯ/އަލް ޢަސްރު
ހަބަރު
05 Jan 2024 | 16:41
80 އަށްވުރެ ގިނަ ބައިވެރިންނާއި އެކު އަލް ޢަސްރުގެ ލޯތަކުގެ ފިނިކަން ވޯކްޝޮޕް ފެށިގެން ކުރިއަށް!

އަލް ޢަސްރުގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ކޫލްނަސް އޮފް ދަ އައިޒް" ނުވަތަ ލޯ ތަކުގެ ފިނިކަން ވޯކްޝޮޕް ފަށައިގެން ކުރިއަށްދާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ. 

ޢަލް އަސްރުގެ ނަމާދު ވޯކްޝޮޕް އިއްޔެ ފަށާފައިވާއިރު، އެ ވޯކްޝޮޕް ގައި ބައިވެރިވުމަށް ހުޅުވާލެވުނު ފުރުސަތުގައި ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން ވޯކް ޝޮޕްގެ ޖާގަ ފުލްވެގެން ފުރުސަތު ބަންދު ކުރެވިގެން ދިޔަ އިރު ޖުމްލަ 86 ބައިވެރިން އޭގައި ބައިވެރިވެފައިވާ ކަމަށް ޢަލް އަސްރުން ބުނެއެވެ. އޭގެ ތެރޭގައި 30 އަންހެން ބޭފުޅުންނާއި 56 ފިރިހެން ބޭފުޅުން ހިމެނޭ ކަމަށް ބުނެފައިވެއެވެ. 

ލޯތަކުގެ ފިނިކަން ވޯކްޝޮޕް ތެރެއިން--ފޮޓޯ/އަލް ޢަސްރު

މި ވޯކްޝޮޕް ގެ ފުރަތަމަ ސެޝަން އިއްޔެ ބާއްވާފައި ވާއިރު، މިއަދު އެހެން ސެޝަންތައް ބާއްވައި މިރޭ ވޯކްޝޮޕް ނިމޭނެ ކަމަށް އަސްރުން ބުނެއެވެ. 

އަލް އަސްރުގެ މި ވޯރކްޝޮޕް ގައި ކިޔަވާ ދެއްވަނީ ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމެވެ. 

ލޯތަކުގެ ފިނިކަން ވޯކްޝޮޕް ތެރެއިން--ފޮޓޯ/އަލް ޢަސްރު

"ކޫލްނަސް އޮފް ދަ އައިސް" ނުވަތަ ލޯތަކުގެ ފިނިކަން ހާއްސަކުރެވިފައިވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން ނަމާދުގެ ފިޤުހު ހަނދާންކޮށް އާލާ ކުރުމަށާއި ނަމާދާމެދު ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު އާންމުންނަށް މަގުފަހި ކޮޮށްދިނުމަށް ކަމަށް އަލް ޢަސްރުން ބުނެއެވެ. 

ލޯތަކުގެ ފިނިކަން ވޯކްޝޮޕް ތެރެއިން--ފޮޓޯ/އަލް ޢަސްރު

މި ވޯރކްޝޮޕް ގައި ނަމާދުގެ މަޤާމް، ޘަހާރަތާއި، ވުޟޫ އަދި ނަމާދު ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ދެމެދުގައިވާ ޛިކުރުތަކާއި ހަރަކާތްތައް ކިޔައިދެވިގެންދާނޭ ކަމަށްވެސް އަލް ޢަސްރުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.